ޔޫރޯ 2020: ސްވިޓްޒަލެންޑް ރޮއްވާލާ ސްޕެއިން ސެމީއަށް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިޓްޒަލެންޑް ބަލިކޮށް ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިނުން ކަށަވަރުކޮށްފިއެވެ.

ރޭ ކުޅުނު މި މެޗުން ސްޕެއިން މޮޅުވީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމާއި ގުޅިގެން ދެން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެހާފުގެ ނަތީޖާއިންވެސް އެއްވަރުވެ ޕެނަލްޓީގައި 1-3 ގެ ނަތީޖާއިން މޮޅުވެގެންނެވެ.

އިޝްތިހާރު Below Header ad

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ސްޕެއިނުންނެވެ. އެހެން ނަމަވެސް އެޓީމަށް ސްވިޒަލެންޑްގެ ގޯލަށް މާނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ސްޕެއިނުންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި ސްޕެއިނުން ލީޑުނެގި މި ލަނޑަކީ ސްވިޓްޒަލެންޑްގެ ޑެނިސް ޒަކަރިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑާއި އެކު ސްޕެއިންއިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ލީޑުގައިއޮވެއެވެ.

ސްޕެއިނުން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިނަމަވެސް މެޗުގެ ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ސްވިޓްޒަލެންޑުންވަނީ ކަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފިލްޑަރު ޒެރްޑަން ޝަގީރީއެވެ.

ސްވިޒަލެންޑަށް މައްސަލަ ކުރިމަތިވީ މެޗުގެ 78 ވަނަ މިނެޓުގައި އެޓީމުގެ މުހިންމު ކުޅުންތެރިއާ ފްރެއުލާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކީ ސްޕެއިންގެ ޖެރާޑް މޮރޭނޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މި މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، މި ދެ ހާފުގެ ކުޅުންވެސް ނިމިގެން ދިޔައީ ލަނޑެއް ނުޖެހިއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނހަލްޓީ ޖެހިއިރު،
ޕެނަލްޓީ ޝޫޓްއައުޓުގައި ސްޕެއިނުން ސާޖިއޯ ބުސްކެޓްސް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެކަމަކު އޭގެ ފަހުން ސްވިޓްޒަލެންޑުގެ އަކަންޖީ އާއި ފަބިއަން ޝެއާ އަދި ވާގަސް ފޮނުވާލި ޕެނަލްޓީތައް ސްޕެއިންގެ ގޯލްކީޕަރު ދިފާއުކުރިއިރު، ސްޕެއިންގެ ރޮޑްރީ ފޮނުވާލި ޕެނަލްޓީ ވެސް ނާކާމިޔަަބުވިއެވެ.

ސްޕެއިނުން ރޭ ހޯދި މި މޮޅާއެކު މުބާރާތުގެ ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ކުއާޓާގައި ބެލްޖިއަމާއި އިޓަލީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.