މިޔާމީގެ އިމާރާތް ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 20ށް އަރައިފި

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ މިޔާމީ ސިޓީގެ 12 ބުރީގެ އިމާރާތް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު20 އަށް އަރައިފި އެވެ.

މިހާދިސާ ހިނގީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ އިމާރާތަކީ މިޔާމީ ސިޓީގެ ގޮނޑުދޮށް ސަރަހައްދުގައި ހުންނަ ކޮންޑޯ އެކެވެ.

އިޝްތިހާރު Below Header ad

ރިޕޯޓުތައް ބުނާގޮތުގައި އިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމަށް މިދިޔަ ހަފްތާއެއްހާ ދުވަހު ކުރި މަސައްކަތުން ފެނިފައިވަނީ ދިރިތިބި 35 މީހުން ކަމަށެވެ. އަދި މިހާތަނަށް މަރުވެފައިވާ 20 މީހުން ހަށިގަނޑު ބިމާ ހަމަވެފައިވާ އިމާރާތުގެ ދަށުން ފެނިފައިވާ ކަމަށް ބުނެ އެވެ.

އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ފެނިފައިވަނީ މިއަދު އެވެ. އެކަކީ ހަތް އަހަރުގެ ކުއްޖެކެވެ.

އެ އިމާރާތުގެ ދަށުވި 128 މީހެއްގެ ހަށިގަނޑު އަދިވެސް ނުފެނެ އެވެ. އެމީހުން ދިރި ތިއްބަ ސަލާމަތް ކުރެވޭތޯ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާއިރު އެކަމަށް ހުރަސް އެޅިފައިވަނީ އަލިފާނާއި ދުމުގެ ސަބަބުން ކަމަށްވެ އެވެ.

އެ ކޮންޑޯއިން ވެއްޓިފައިވަނީ އިމާރާތުގެ އެއްބައެވެ. އެ އިމާރާތުގައި 130 އެޕާޓްމެންޓު ހުންނައިރު ވެއްޓުނު ފަޅީގައި ހުރީ 70 އެޕާޓްމެންޓެވެ.

އެއީ 1981 ވަނަ އަހަރު ހަދާފައިވާ އިމާރާތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.