ބަގްރާމް އެއަރ ބޭސްގައި ތިބި އެމެރިކާ ސިފައިން ފައިބަން ފަށައިފި

ބަގްރާމް އެއަރ ބޭސްގައި ތިބި އެމެރިކާ ސިފައިން ފައިބަން ފަށައިފި އެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާންގެ ބަގްރާމް އެއަރ ބޭސް އިން މި ފޭބީ އެތަނުގައި 20 އަހަރު ހޭދަ ކުރުމަށްފަހު އެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް ކާބުލްގެ އެއަރޕޯޓާއި އެމްބަސީތައް ދިފާއު ކުރުމުގެ ނަމުގައި 650 ސިފައިން ބައިތިއްބާގޮތަށް ވަނީ ނިންމާފަ އެވެ.

ބަގްރާމް އެއަރ ބޭހުގައި ގާތްގަޑަކަށް 10،000 އެމެރިކާ ސިފައިން ތިބި އިރު، ސިނަމާއާއި ސްޕާ، މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި، ފާސްޓްފުޑް ރެސްޓޯރެންޓްތައް އެތަނުގައި ވަނީ ހަދާފަ އެވެ.

މީގެ އިތުރުން އެމެރިކާ ސިފައިން ހައްޔަރު ކުރާ ތާލިބާން މީހުންނަށް އަނިޔާ ކުރުމަށް ހަދާފައިވާ މަޝްހޫރު ގުއަންޓަނާމޯގެ ޖަލު ވެސް ހުންނަނީ އެތަނުގަ އެވެ.

Guantamobay Jail

1950 ގައި ރޫސީން ބިނާ ކުރި މި އަސްކަރީ މަރުކަޒު އޮތީ ތާލިބާންގެ ވެރިކަން ވައްޓާލި އިރު ވީރާނާވެފަ އެވެ. އެތަން އަލުން ބިނާ ކުރީ އެމެރިކާ އިން ނެވެ.

މިހާރު މިއީ ދެ މޭލުގެ ދިގު، ދެ ރަންވޭ އޮންނަ 30 އަކަ މޭލުގެ ބޮޑު ސަރަހައްދެކެވެ. މިތާގެ ދެ ރަންވޭއަށް ބޮޑެތި ހަނގުރާމަ މަތީ ބޯޓްތަކާއި ބޮޑެތި ކާގޯ ބޯޓުތައް ޖައްސަ އެވެ.

Bagram 1

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.