ޔޫރޯ 2020 ކުއާޓާ ފައިނަލް: އިޓަލީ – ބެލްޖިއަމް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ ފެށޭއިރު، މިރޭގެ ދެވަނަ މެޗުގައި ނައްދަލުކުރާނީ އިޓަލީއާއި ބެލްޖިއަމްއެވެ. ބެލްޖިއަމް އާއި އިޓަލީ އަކީ މިފަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައިވާ ދެ ގައުމެވެ. މިރޭގެ މި މެޗަކީ މި ދެ ގައުމަށް ވެސް މިފަހަރުގެ މުބާރާތާއި ކުރިމަލާންޖެހޭ އެންމެ ބޮޑު އިމްތިހާނެއެވެ. މިރޭގެ މި މެޗާއި އެކީ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު މި ދެޓީމުގެ ތެރެއިން ކޮންމެވެސް އެއްޓީމެއް މުބާރާތާއި ވަކިވާން ޖެހޭނެއެވެ.

މަޝްހޫރު އެތައް ކުޅުންތެރިންތަކެއް އެކުލެވޭ ސްކޮޑަކާއި އެކު މިރޭ ބެލްޖިއަމަށް  އިޓަލީއާއި ދެކޮޅަށް ނިކުންނައިރު، އެޓީމުން މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ވަރުގަދަ ޕޯޗުގަލް ކަޓުވާލުމަށްފަހުގައެވެ. އިޓަލީ ކުއާޓާ ފައިނަލަށް ދަތުރުކުރީ އޮސްޓްރިއާ ކަޓުވާލުމަށްފަހުގައެވެ.

އިޝްތިހާރު Below Header ad

މިރޭގެ މެޗަށް ދެޓީމުންވެސް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށްވެ ނިމިފައިވާއިރު، ބެލްޖިއަމްއަށް އޮތް އެންމެ ބޮޑު ހިތްދަތިކަމަކީ އެޓީމުގެ އިތުބާރު ފޯވާޑު އެޑެން ހަޒާޑާއި އިތުބާރު މިޑްފީލްޑަރ ކެވިން ޑިބްރެއިނާގެ އިތުރުން ސިމޮން މިގްނޮލެޓްއަށް އަނިޔާވެފައި ވުމެވެ.

އަނެއް ކޮޅުން ބެލްޖިއަމްއާއި ދެކޮޅަށް ނުކުންނައިރު އިޓަލީ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެޓީމުގެ ހުރިހާ ކުޅުންތެރިންވެސް އަނިޔާގެ މައްސަލައެއް ކުރިމަތިނުވެ ފިޓްކޮށް ތިބުމެވެ. އަދި މިދިޔަ ދެ މެޗުގައި ވެސް އަނިޔާގެ ސަބަބުން ނުކުޅެވުނު ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީއާއިވެ ފުލްބެކް އަލެސަންޑްރޯ ފްލޮރެންޒީ ވެސް ފިޓްވެ މިރޭގެ މެޗުގައި ފެނިގެން ދިއުމެވެ.

މިރޭ އިޓަލީއާއި ދެކޮޅަށް ބެލްޖިއަމުން ނެރޭނެ ކަމަށް ލަފާކުރެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރ ތިބައޫ ކޯޓުއާ، އަލްޑަވީލްޑް، ވަމައެލަން، ވެޓޮންގަން، ތޯގަން ހަޒާޑް، ވިޓްސެލް، ތޯމަސް މުނިއޭ، ޓިއެލެމަންސް، މާޓެންސް، ލުކާކޫ، ކަރަސްކޯ.

މިރޭ ބެލްޖިއަމްއާއި ދެކޮޅަށް އިޓަލީން ނެރޭނެ ކަމަށް ލަފާކުރެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރ ޑޮންނަރުންމަ، ޑި ލޮރެންޒޯ، ބޮނޫޗީ، ކިއެލީނީ، ސްޕިނެޒޯލާ، ބަރެއްލޯ، ޖޯގީނިއޯ، ވެރާޓީ، ކިއޭސާ، އިމޯބިލޭ، އިންސީނިއާ.

އިޓަލީއާއި ބެލްޖިއަމްގެ ތާރީޚީ ކުރިމަތިލުންތައް

މި ދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު މީގެ ކުރިން މި ދެޓީމު 22 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެތެރެއިން އިޓަލީ 14 ފަހަރު މޮޅުވެފައިވާއިރު، ބެލްޖިއަމް މޮޅުވެފައިވަނީ ހަތަރު ފަހަރުއެވެ. ހަތަރު މެޗު އެއްވަރުވެފައިވެއެވެ.

އިޓަލީއާއި ބެލްޖިއަމް އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗުން އިޓަލީ މޮޅުވީ 0-2 އިންނެވެ.

ބެލްޖިއަމާއި އިޓަލީ ވާދަކުރާ މި ވަރުގަދަ ކުރިމަތިލުން ފެށޭނީ މިރޭ 12 ޖަހާއިރުގައެވެ. މި މެޗު ކުޅޭނީ ޖަރުމަނުގެ މަޝްހޫރު ބަޔާން މިއުނިކްގެ ސްޓޭޑިއަމްގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.