އައި އޭމް ވެކިސިނޭޓެޑް މައިކްރޯސައިޓް ލޯންޗު ކޮށްފި

“އައި އޭމް ވެކްސިނޭޓެޑް” މައިކްރޯސައިޓް ލޯންޗު ކޮށްފި އެވެ.

މައިކްރޯސައިޓަކީ ދިވެހިރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވެކްސިނޭޝަންގެ ތަފާސްހިސާބުތައް ފެންނަ ގޮތަށް ތައްޔާރު ކުރެވިފައިވާ މައިކްރޯސައިޓެކެވެ.

އިޝްތިހާރު Below Header ad

މި މައިކްރޯސައިޓުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ވެސް ފެންނަން ހުންނާނެ އެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ވެކްސިންޖެހުމަށް ރެޖިސްޓުރީކުރުމަށް ބޭނުންވާނެ މައުލޫމާތު ވަނީ މި ވެބްސައިޓުން ފެންނަން ހުރެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކާއި، އައިމް ވެކްސިނޭޓެޑް ކެމްޕޭނުގެ ދަށުން ކުރެވެމުން އަންނަ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ އަދި މިކަންކަމުގެ މައުލޫމާތު ފެންނަން ހުންނާނެ އެވެ.

މި ކެމްޕެއިނުގެ މާޒަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ 100 އިންސައްތަ މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކޮށްފައިވާ ގައުމަށް ހެދުމެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުރިހާ ގައުމެއްގެ ރައްޔިތުންނަށްވެސް ރާއްޖެއަށް އާދެވޭ ގޮތަށް ބޯޑަރު ހުޅުވާލަން ނިންމާފައިވީނަމަވެސް ފަތުރުވެރިންގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.

އެގޮތުން ރާއްޖެ ޒިޔާރަތް ކުރާ ހުރިހާ ފަތުރުވެރިންވެސް ފުރުމުގެ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާއި ފުރުމުގެ 24 ގަޑިއިރުން ކުރިން އޮންލައިންކޮށް ހެލްތު ޑެކްލެރޭޝަން ފޯމެއްވެސް ފުރަން ޖެހެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.