އެވިޑް ސްކޫލް އޮފް އޭވިއޭޝަންސްގެ ޑީންގެ މަޤާމު އުފައްދާ، ބޭފުޅަކު އައްޔަން ކޮށްފި

އެވިޑް ސްކޫލް އޮފް އޭވިއޭޝަންސްގެ ޑީންގެ މަޤާމު އުފައްދާ، ބޭފުޅަކު އައްޔަން ކޮށްފި އެވެ.

އެ މަގާމަށް މިއަދު އައްޔަން ކުރައްވާފައިވަނީ ގދ. ތިނަދޫ، ފުސްތުޅާގޭ. މުހައްމަދު ޝަރީފެވެ.

އިޝްތިހާރު Below Header ad

އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝަރީފުއާ އެ މަގާމް ހަވާލު ކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

މުޙައްމަދު ޝަރީފް ކުރިން ވަނީ ކާޑެއްދޫ ޑޮމެސްޓިކް އެއަރޕޯރޓްގެ ޑިރެކްޓަރގެ މަގާމާއި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުގެ ސޭފްޓީ އެންޑް ސެކިއުރިޓީ މެނޭޖަރގެ މަގާމާއި ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްގެ ސޭފްޓީ އެންޑް ސެކިއުރިޓީ ސްޕަވައިޒަރގެ މަގާމު އަދާ ކުރައްވާފަ އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓަރ ހައްދަވާފައިވާ ޝަރީފު އަދާކުރައްވާފައިވާ އެހެން މަގާމުތަކުގެ ތެރޭގައި ގަލަޑޯނިއާ ޕްރައިވެޓް ލިމިޓެޑްގެ ޕްރެޖްކްޓް ކޯރޑިނޭޓަރގެ މަގާމު، ބަރތޯލްޑް އެންޑް އެސޯސިއޭޓް ޕްރެޖްކްޓް ކޯރޑިނޭޓަރގެ މަގާމު، މޯލްޑިވްސް ޕޮލިސް ސަރވިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރގެ މަގާމު އަދި ބައެއް ސްކޫލްތަކުގެ ހެޑުމާސްޓަރކަން ވެސް ހިމެނެ އެވެ.

މިރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ސީނިއަރ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެލެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.