ރ. މީދޫ އަނެއްކާ ވެސް މޮނިޓަރިންގއަށް ލައިފި

ރ. މީދޫ އަނެއްކާ ވެސް މޮނިޓަރިންގއަށް ލައިފި އެވެ.

އެރަށް މޮނިޓަރިންގއަށް ލާފައި މިވަނީ ކޮވިޑުގެ އަލާމާތްތައް ހުރި ބަޔަކު ފްލޫ ކްލިނިކަށް ދެއްކުމުން ނެގި ސާމްޕަލްގެ ނަތީޖާ ކޮވިޑަށް ޕޮޒިޓިވް ވުމުން ނެވެ.

އިޝްތިހާރު Below Header ad

އެގޮތުން 4 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އެއީ ބިދޭސީން ކަމަށް އެރަށުން ވަނީ އެޓޯލް ނިއުސްއަށް މަޢުލޫމާތު ދީފަ އެވެ.

މީދޫ މޮނިޓަރިންގއަށް ލުމާއިގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަންނަނީ އަޅަމުން ނެވެ.

މި ޖޫން މަހުގެ 2 ވަނަ ދުވަހު ވެސް އެރަށުން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެ، ރަށް ވަނީ މޮނިޓަރިންގ އަށް ލާފަ އެވެ. އެފަހަރު އެރަށުން ކޮވިޑަށް ޕޮޒިޓިވް ވީ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އަދި އޭނާއާ ގާތުން ބައްދަލުވި ދެމީހުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.