އިންޑިއާގައި ކޮވިޑް ކޮންޓްރޯލް ކުރަން އެމެރިކާއިން އިތުރު 41 މިލިއަން ޑޮލަރު ދެނީ

އެމެރިކާއިން އެހީގެ ގޮތުގައި ކޯވިޑާއި ދެކޮޅަށް މަސައްކަތް ކުރުމަށް އިންޑިއާއަށް އިތުރު 41 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ޔޫއެސްއެއިޑާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މި އެހީ އާއި ގުޅިގެން ދެ ގައުމުން ވަނީ އެއްބަސްވުމަށް އައިސްފައި އެވެ. އެމެރިކާއިން މިފަހަރު ދޭ އެހ ބޭނުން ކުރާނެ ދާއިރާތަކެއް މިހާރު ވަނީ ކަނޑައަޅާފަ އެވެ.

އިޝްތިހާރު Below Header ad

އެގޮތުން މިފަހަރުގެ އެހީ ބޭނުން ހިފުމުގައި އިސްކަން ދޭނީ ކޯވިޑް-19 ޓެސްޓިން ކެޕޭސިޓި އިތުރު ކުރުމާއި ކޯވިޑައި ގުޅުންހުރި ނަފްސާނީ މައްސަލަތަކަށް އެހީތެރިވުމަށެވެ. އަދި ސިއްހީ އެހީ ފޯރުކޮށްދިނުމަށް ދަތިވެފައިވާ ފަގީރު ސަރަހައްދުތަކަށް ބޭނުންވާ ސިއްހީ ސާމާނާއި މީހުން ފޮނުވުމުގެ އިތުރުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކަށެވެ.

މީގެ ކުރިން އެމެރިކާއިން ވަނީ އެ ގައުމަށް 500 މިލިއަން އަދި 200 މިލިއަން އެމެރިކާގެ ޑޮލަރުގެ އެހީ ދީފަ އެވެ. އަދި އިންޑިއާގެ ފްރޮންޓްލައިން މަސައްކަތްތެރިން ތަމްރީން ކުރުމަށް އެހީތެރިވެފައިވެ އެވެ.

މީގެ އިތުރުން އެމެރިކާއިން ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ލިސްޓުގައިވެސް އިންޑިއާ ހިމެނެ އެވެ.

އެމެރިކާއިން ކޮވިޑާއި ގުޅިގެން ދިން އެހީއިން އިންޑިއާގެ 42 މިލިއަން މީހުންނަށް ފައިދާ ކުރާނެ ކަމަށް ވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.