ނަސީބު ލައްވާލީ ކޮވިޑު ޖެހި ރަނގަޅުވެފައިވާ މީހުންނަށް!

ރާއްޖޭގައި ކޮވިޑު ގެ ހާލަތު ގޯސްވެ، ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރި ހިސާބުން އެންމެން އިންތިޒާރުކުރަމުން އައީ އެ ފިޔަވަޅުތަކަށް ލުއި ދޭނެ ދުވަހަކަށާއި ދޭނީ ކޮން ލުއި ތަކެއް ތޯ ބެލުމަށެވެ.

އެގޮތުން މިއަދު ހަވީރު ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވާ ކަމަށް ތަރުޖަމާން މަބްރޫކް އަޒީޒު ކުރެއްވި ޓްވީޓާއެކު އެންމެންގެ ވަގުތު ހުސްކޮށްލީ، ރައީސް ވިދާޅުވާނެ ބަސްފުޅަކަށެވެ. އިޢުލާން ކުރައްވާނެ ލުއި ތަކަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން އަންނަ ޖުލައި މަހު 1 ވަނަ ދުވަހުން ފެށިގެން ލިބޭނެ ލުއިތައް އިޢުލާން ކުރައްވަމުން ގެންދެވި އިރު، އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ކަރަންޓީނު ނުވެ ދަތުރު ކުރުމުގެ ހުއްދަ ދިނުމުން ނެވެ.

އެގޮތުން ރައީސް ވިދާޅުވީ ކޮވިޑް ޖެހި ރަނގަޅުވާ މީހުންނަށް ދެ މަސް ވަންދެން ކަރަންޓީނު ނުވެ ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

މިއަދު އިޢުލާން ކުރެއްވި ލުއި ތަކަކީ ޑޮކްޓަރުންނާއި އެޗްޕީއޭ އާއި މެޑިކަލް އެކްސްޕާޓުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑު ޖެހި ރަނގަޅުވެފައިވާ މީހުންނަށް ދަތުރު ކުރުމުގެ ފުރުސަތު ލިބުނު އިރު، ރައީސްގެ ވާހަކަފުޅުގައި ކޮވިޑުގެ ދެ ޑޯޒު ފުރިހަމަކުރި މީހުންނަށް އެއްވެސް ލުޔެއް ލިބުނު ކަމެއް ނުވަތަ ދެއްވާނެ ކަމެއް ވެސް ވިދާޅެއް ނުވެ އެެވެ.

މި ދުވަސްވަރަކީ ސްކޫލުތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރުކަމުން، މާލޭގައި ދިރުއުޅޭ ގިނަ ބަޔަކު ތިބީ އެމީހުންގެ ރަށަށް ދެވޭނެ ‘އަލި މަގެއް’ ފެންނާނެ ކަމުގެ އިންތިޒާރުގަ އެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ވިދާޅުވީ ކޮވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކުގެ ތެރޭގައި ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުން ނުހިމެނެނީ, ބޭނުންވާ މިންވަރަށް ދެ ޑޯޒު ޖެހި މީހުން ނެތުމުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ޕޮލިސީ ލެވެލްގައި އެ މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް ޓެކްނިކަލް ބޭފުޅުންގެ މެދުގައި އެކަމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން ‘ދޭހާ އަތްވާއި ވެހުނު ވާރޭގައި’ ދިގު ކިޔު ގައި ޖެހި، ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަކުރި މީހުންނަށް ލިބުނު މަންފާ އެއް ނެތެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 3 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.