ރޭމް އިން ރައީސް އޮފީހަށް ފޮނުވި މެއިލް ނުލިބޭކަމަށް ބުނާ މައްސަލަ ބަލާނަން: ރައީސް ސޯލިހު

ރޭމް އިން ރައީސް އޮފީހަށް ފޮނުވި މެއިލް ނުލިބޭކަމަށް ބުނާ މައްސަލަ ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮވިޑުގެ ހާލަތާއި ގުޅިގެން ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާތަކުގެ ކަންބޮޑުވުންތައް ރައީސް އާ ހިއްސާ ކުރުމަށް ފޮނުވާ މެއިލްތައް ނުލިބޭ ކަމަށް ބުނެފައިވާތީ، އެޓޯލް ނިއުސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.

އިޝްތިހާރު Below Header ad

ރައީސް ސޯލިހު ވިދާޅުވީ އެމަނިފާނާ ހަމައަށް ރެކިއެސްޓެއް އައިސްފައިވަނީ އޭޕްރިލް ފަހުކޮޅު ކަމަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތު އޭރު ހުރިގޮތުން އެ މީޓީންގ ނުބޭއްވުނީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

“މީގެ ދެ ހަފުތާކުރިން އަޅުގަނޑު އެ މީޓިންގ ބޭއްވިން. އެ މީޓިންގ ގަ މަޝްވަރާކޮށްފަ ކޮވިޑުގެ ހާލަތު ރަނގަޅުވީމަ، ކެފޭ ރެސްޓޯރެންޓުތަކަށް ލުއިތަކެއް ދޭނެ ކަަމަށް އަޅުގަނޑު ވާނީ އެމީހުންނާ ވާހަކަ ދައްކާފަ. މިއަދު މިކަން މި އިޢުލާން ކުރީ (ޖުލައި 1 ވަނަ ދުވަހުން ކެފޭ، ރެސްޓޯރެންޓުތަކުގައި އިންޑައިނިންގ ދެވޭ) ޑޮކްޓަރުންނާއި އެޗްޕީއޭ އާއި މެޑިކަލް އެކްސްޕާޓުންނާ މަޝްވަރާކޮށްފަ. އަދި މިއީ ލުއިތައް ދެވިދާނެ ވަގުތެއް ކަަމަށް ގަބޫލުކުރެވޭތީ” ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރޭމް އިން ފޮނުވި މެއިލްތައް ރައީސް އޮފީހަށް ނުލިބޭ ނަމަ، އެއީ ވަަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އެކަން ވެފައި އޮތް ގޮތް ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހަށް މެއިލް ލިބިފައިވާ ނަމަ، ވާނީ އެއަށް އެޓެންޑުވެ، ކުރަންވާ ކަންކަން ކޮށްފައި ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވި އެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) ގެ ރައީސް ހާމިދު އަފީފު، އެޓޯލް ނިއުސް އަށް މި ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ ވިދާޅުވީ އެފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ފެބްރުއަރީ މަހުން ފެށިގެން މެއިލް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މެއިލް ތައް ރައީސް އޮފީހަށް ނުލިބޭ ކަމަށް ބުނެފައިވާ ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާތަކުގައި އިންޑައިނިންގ ދިނުން ހުއްޓާލާފައިވާތީ، ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް “ކާންދޭ އަތުގައި ދަތް ނާޅާ” ގެ ނަމުގައި ވަނީ “ސުލްހަވެރި އަޑު އުފުލުމެއް” މި ޖޫން މަހުގެ 28 ވަނަ ދުވަހު ހަވީރު ބާއްވާފަ އެވެ.

RAM Ihuthijaaju

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ޖުލައި އެކަކުން ފެށިގެން ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓުތަކުގައި އިންޑައިނިންގ ގެ ޚިދުމަތް ފަތިހު 4 ން ރޭގަނޑު 8 ޖަހަންދެން ދެވޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.