ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާ ހިންގާ ފަރާތްތަކުގެ ކަންބޮޑުވުމުގެ އަޑު އުފުލައިފި

ކޮވިޑާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަަބުން ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާ ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ކަންބޮޑުވުމުގެ އަޑު އުފުލައިފި އެވެ.

“ކާންދޭ އަތުގައި ދަތް ނާޅާ” ގެ ނަމުގައި ސުލްހަވެރި އަޑު އުފުލުމުގެ ހަރަކާތް ބާއްވާފައިވަނީ މިއަދު ހަވީރު ކާނިވާ ސަރަހައްދުގަ އެވެ.

އިޝްތިހާރު Below Header ad

އެ ފަރާތްތަކުން ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭއިރު ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ލުއިތައް ނުދޭތީ ކަންވޮޑުވުން ފާޅުކޮށްފަ އެވެ. އަދި ވިޔަފާރިތައް ބަނގުރޫޓުވަމުން ދާތީ، އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވެއެވެ.

މި ސިނާއަތުގައި ގިނަ ފަރާތްތަކެއް ބައިވެރިވި މި ހަރަކާތުގައި އެފަރާތްތަކުގެ ކަންބޮޑުވުން ހާމަކުރާ ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބި އިރު، އެފަރާތްތަކުން ވަނީ ކެފޭ ރެސްޓޯރެންޓްތަކަށް ހިންދެމިލެވޭ ވަރުގެ ލުއިތައް ދިނުމަށް ވެސް ގޮވާލާފަ އެވެ.

ޖިމްތަކާއި ސެލޫންތައް ހުޅުވުމުގެ ހުއްދަ ދީފައިވާ އިރު، ފިހާރަތައް އެބަ ހުޅުވޭ ކަމަށާއި ނަމަވެސް ކެފޭތަކާއި ރެސްޓޯރެންޓްތަކުން މިޖެހެނީ ޑެލިވަރީ ނޫނީ ޓޭކްއަވޭގެ ޚިދުމަތްދޭން ކަމަށް އެފަރާތްތަކުން ވަނީ ބުނެފަ އެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަނުން ބުނި ގޮތުގައި ކޮވިޑްގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ދޫކުރި ލޯނު ލިބުނީ ރެސްޓޯރެންޓު ދާއިރާގެ އެންމެ ހަތަރު ވިޔަފާރިއަކަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.