ކޮވިޑް-19 ސުމަކަށް ނުހެދޭނެ ކަމަށް ނިންމައި އިނގިރޭސިވިލާތުގައި ފިޔަވަޅުތަކަށް ލުއިދެނީ

ކޮވިޑް-19 އެއްކޮށް ގައުމުން ފުހެނުލެވޭނެ ކަމަށް ނިންމައި އިނގިރެސިވިލާތުގައި ކޯވިޑް ލޮކްޑައުން އިތުރަށް ދިގު ނުދަންމަން ނިންމައިފި އެވެ.

އެ ގައުމުގެ ހެލްތް ސެކްރެޓަރީ ސާޖިދު ޖާވިދާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ މިހާޜު އެ ގައުމުގައި އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އަންނަ މަހުގެ 19 އަށް ހަމަވާނެ ކަމަށެވެ. އެކަމަކު ދެން އެ މުއްދަތު ކޮވިޑު ކޮންޓްރޯލް ކުރުމުގެ ނަމުގައި އިތުރު ކުރުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށެވެ.

އިޝްތިހާރު Below Header ad

އޭނާ ވިދާޅުވީ ކޮވިޑު ރޯގާ އަކީ އެއްކޮށް ފިލުވާލެވޭނެ ރޯގާއެއް ނޫން ކަމުގެ ހަގީގަތް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

ފިޔަވަޅުތަކަށް ލުއިދޭން ނިންމި އިރު އިނގިރޭސިވިލާތަށް ވަނީ ކޮވިޑުގުެ ޑެލްޓާ ވޭރިއަންޓުގެ ނުރައްކާ ބޮޑުވެފައި އެވެ. މިހާރު ލޮކް ޑައުން ނިމުމަކަށް ގެންނަން ނިންމާފައިވާ ތާރީހަކީވެސް ޑެލްޓާ ވޭރިއަންޓާއި ގުޅިގެން އިތުރު ކޮށްފައިވާ މުއްދަތެއް ނިމޭ ތާރީހެވެ.

ޑެލްޓާ ވޭރިއަންޓު ފެތުރި އިނގިރޭސިވިލާތުގައި ކޮވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. އެގޮތުން މިދިޔަ24 ގަޑިއިރު ތެރޭގައި އެ ގައުމުން 22,868 މީހުން ބައްޔަށް ޕޮސިޓިވް ވެފައިވެ އެވެ.

މިހާތަނަށް އިނގިރޭސިވިލާތުން ކޮވިޑު-19 އަށް ޕޮސިޓިވްވެފައިވަނީ 4,755,078 މީހުންނެވެ. އަދި ބަލީގައި 128,103 މީހުން މަރުވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.