އެޗްއެފްސީ ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން އެބަހުރި: މިނިސްޓަރ ޝައުނާ

ހައިޑްރޯފްލޯރޮކާބަންސް (އެޗްއެފްސީ) ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން އެބަހުރިކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ ‘A Cool Move: Maldives Quits HCFC ގެ ނަމުގައި ބޭއްވި ރަސްމިއްޔާތު ގައެވެ.

އިޝްތިހާރު Below Header ad

މިނިސްޓަރ ޝައުނާ ވިދާޅުވީ  އޯޒޯން އެކްޓަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިބަދަލުތައް ގެނެވުމުން މި ޕްލޭން ތަންފީޒުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޓެކްނޯލޮޖިކަލް ގޮތުންނާއި ފައިސާގެ ގޮތުން ލިބެންޖެހޭ ސަޕޯޓް ލިބިއްޖެކަމަށްވާނަމަ، އަމާޒަކީ 2030 ވަނަ އަހަރު އަންނަން ވާ އިރަށް ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުން ކަމަށެވެ.

އެޗްޕީއެމްޕީ ތަންފީޒުކުރެވުނު ގޮތާއި ކާމިޔާބުކަމާއި އެކު ފޭސްއައުޓް ކުރުމުގައި ގެންގުޅުނު އުސޫލުތަކާއި ބެހޭގޮތުން އެކި ދާއިރާތަކާއި ވުޒާރާތަކުން ވަނީ ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޢަބްދުﷲ ޝަރީފް ވިދާޅުވީ ރީޖަނަލް ބަނދަރުތައް ހިމެނޭގޮތުގެ މަތީން ރަސްމީ ބަނދަރުތަކުގައި އެޗްސީއެފްސީ މާއްދާތައް ބަލައި ފާސްކުރެވޭނެ ނިޒާމުތަކެއް ޤާއިމުކުރެވުނު ކަމަށެވެ.

އެގޮތުން މުދާ ޗެކްކޮށް، ދޫކުރުމުގައި އެޗްސީއެފްސީ ގެ ބާވަތްތައް ލޭބަލް ކުރެވިފައި ހުންނަ ގޮތާއި، އޮޅުވާލުންތައް ދެނެގަނެވޭނެ ގޮތާއި، ޓެސްޓް ކުރެވޭނެ ގޮތްތައް ކަސްޓަމްސްގެ ސަރަޙައްދުތަކުގައި ޤާއިމުކުރެވި ބޭނުންކުރެވެމުން ދާކަމަށް އޭނާ ވިދާޅުވި އެެވެ. އަދި މިފަދަ ގޭސްތައް ޓެސްޓް ކިޓް ބޭނުންކޮށްގެން ދެނެގަނެވޭނެ ޤާބިލުކަމާއި ތައްޔާރީތައް ފުރިހަމައަށް ޤާއިމުވެފައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

ހައިޑްރޯކުލޯރޯފުލޯރޯކާބަން (އެޗްސީއެފްސީ) ފޭސް-އައުޓް މެނޭޖްމަންޓް ޕްލޭން، ނުވަތަ ‘އެޗްޕީއެމްޕީ’ އަކީ 2010 ވަނަ އަހަރު އެޗްސީއެފްސީ ގޭސް ދިވެހިރާއްޖެއިން ނައްތާލުމުގެ ގޮތުން 2010 ގައި ފެށި 10 އަހަރުގެ މަޝްރޫޢުއެކެވެ.

މިމަޝްރޫއު ހިންގާފައިވަނީ މަލްޓިލެޓަރަލް ފަންޑްގެ (އެމްއެލްއެފް) ހިލޭ އެހީ މެދުވެރިކޮށެވެ. 2010 ވަނަ އަހަރު 67 މެޓްރިކް ޓަނުގެ އެޗްސީއެފްސީ ގޭސް ދިވެހިރާއްޖެއަށް އެތެކުރެވިފައިވާއިރު، 10 އަހަރުގެ މުއްދަތެއް ތެރޭގައި 2020 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ އެޗްސީއެފްސީ ގޭސް އެއްކޮށް ފޭސް އައުޓް ކުރެވިފަ އެވެ.

މިއީ ޕްރޮޓޮކޯލް އިން ކަނޑައަޅާފައިވާ މުއްދަތަށް ވުރެ 10 އަހަރު ކުރިއެވެ. އަދި ދިވެހިރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެޗްސީއެފްސީ ފޭސްއައުޓް ކުރި ޤައުމެވެ.

ރަސްމީ ގޮތެއްގައި މިމަޝްރޫއު ނިންމާލުމަށް، މިމަސައްކަތުގައި މައިގަނޑު ގޮތެއްގައި ރާއްޖެއިން ބޭރުންނާއި ރާއްޖެއިން މަސައްކަތްކުރި ހުރިހާ އޮފީސްތަކާއި ވުޒާރާތަކުގެ އިސްބޭފުޅުން ބައިވެރިކޮށްގެން މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

ހައިޑްރޯކްލޯރޯފްލޯރޯކާބަންސް (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓާލި ތަރައްގީވަމުން އަންނަ ފުރަތަމަ ގައުމަށް ދިވެހިރާއްޖެ މިވަނީ ވެފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.