ސިޔާސީ ދާއިރާއަށް ނުކުތީ އެއްވެސް މީހަކު ކިޔާހާ އެއްޗަކަށް އާނއެކޭ ކިޔާކަށް ނޫން: ރޮޒައިނާ

ސިޔާސީ ދާއިރާއަށް ނުކުތީ އެއްވެސް މީހަކު ކިޔާހާ އެއްޗަކަށް އާނއެކޭ ކިޔާކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ “އެމްޑީޕީގެ ދޮން މަންމައަކީ ރޮޒެއިނާ” ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ޖަހާފައިވާ ރިޕޯޓަކާ ގުޅިގެން ކުރެއްވި ޓްވީޓުތަކެއްގަ އެވެ.

އިޝްތިހާރު Below Header ad

ރޮޒައިނާ ވިދާޅުވީ ރޮޒައިނާ ވިދާޅުވީ ސިޔާސީ ދާއިރާއަށް ނުކުތީ އެއްވެސް މީހަކު ކިޔާހާ އެއްޗަކަށް އާނއެކޭ ކިޔާކަށް ނޫން ކަމަށާއި ބުލީކުރާ މީހުން ދެކެ ބިރުން، ޤަބޫލު ނުކުރެވޭނެ ކަމެއް އެންޑޯޒްކޮށްފައި ވާހަކަ ދައްކާކަށް ވެސް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ބުލީ ކުރުމަކީ ސްކޫލްތަކުގައި އެކަނި ހިނގާ ކަމެއް ނޫން ކަމަށެވެ.

ސްކޫލްގައި އޭނާއަށް ބުލީއެއް ނުކުރާ ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގޭތެރޭން ބުލީ ކުރުމާއި މޫނަށް ކުޅު ޖެހުމާއި، ލައްކަ ކަންތައް ދިމާވެއްޖެ ކަމަށް ރޮޒައިނާ ވިދާޅުވި އެެވެ. އަދި އެކަންކަން އިދިކޮޅުންވެސް އެއްކޮޅުން ވެސް ދިމާވެފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

“އަޅުގަނޑަށް ބަސް ބުނަން ކެރޭތީ އަދި ބުނަން ޖެހޭ ތާކު ބުނާތީ، އެޅިހާ ބަތަކަށް ރިހައިގެ އުސޫލު ނުގެންގުޅޭތީ، އެއީ ސިޔާސީ ގޮތުން އަޅުގަަނޑަށް ދޮން މަންމަ ކިޔަންޖެހޭ ކަމެއް ކަމަށްވާނަމަ އެކަން ނަގާނީ ކޮމްޕިމެންޓެއްގެ ގޮތުގަ. އަދި ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއި، ކައުންސިލް މެމްބަރުންގެ އިތުރުން ލީޑަރޝިޕްގައި ތިއްބަވާ ބޭފުޅުން ބުލީ ކުރަން އުޅުމަކީ ދެރަވަރު ކަމެއް.” ރޮޒައިނާ ވިދާޅުވި އެވެ.

ޚާއްސަކޮށް ސިޔާސީ ދާއިރާގައި އުޅޭ މަދު އަންހެނުންނަށް ފޯކަސް ކޮށްގެން މިކަން ކުރާކަށް ވަރަށް ދެރަކަން ރޮޒައިނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.