ޔޫރޯ 2020 ގަދަ 16: ސްޕެއިން – ކްރޮއޭޝިއާ
ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ފެށިގެން ކުރިޔަށްދާއިރު، މިރޭ ސްޕެއިންއާއި ކޮރޮއޭޝިއާގެ ކުރިމަތިލުމަކީ މި ބުރުގައި އެންމެ ފޯރިގަދަވާނެ އެއް މެޗައް ވެގެންދާނެއެވެ.
މުބާރާތުގެ ގުރޫޕް ޑީގައި ހިމެނުނު ކްރޮއޭޝިއާ އިން އެޓީމު ހިމެނުނު ގުރޫޕްގެ މެޗުތައް ނިންމާލީ ގުރޫޕުގެ ދެވަނާގައި އޮވެއެވެ. ކްރޮއޭޝިއާ ގަދަ 16 ބުރުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާ އަނެއްޓީމަކީ ގްރޫޕް އީ ގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 ވަނަ ބުރަށް ދަތުރުކުރި ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ސްޕެއިންއެވެ. ސްޕެއިންވެސް ގަދަ 16 އިން ޖާގަ ހޯދީ އެޓީމު ހިމެނޭ ގުރޫޕް އީގެ ދެވަނަ ހޯދައިގެންނެވެ. ސްޕެއިން ގުރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
ކްރޮއޭޝިއާ ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތަށް
ކްރޮއޭޝިއާ ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް ޑީގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ އަދި އެއްމެޗުން ބަލިވެ، ހަތަރު ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ކްރޮއޭޝިއާ 3 – ސްކޮޓްލެންޑް 1
ކްރޮއޭޝިއާ 1 – ޗެކް ރިޕަބްލިކް 1
ކްރޮއޭޝިއާ 0 – އިންގްލެންޑް 1
ޖުމްލަ ޕޮއިންޓް: 4
ކްރޮއޭޝިއާ އާއި ދެކޮޅަށް މިރޭ ނިިކުންނަ ސްޕެއިން ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ސްޕެއިން ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތައް
ސްޕެއިން ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް އީގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެ، ޖުމްލަ ފަސް ޕޮއިންޓު ހޯދައިގެން ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ސްޕެއިން 0 – ސްވިޑެން 0
ސްޕެއިން 1 – ޕޮލެންޑް 1
ސްޕެއިން 5 – ސްލޮވާކިއާ 0
ޖުމްލަ ޕޮއިންޓް: 5
ސްޕެއިން އަދި ކްރޮއޭޝިއާގެ ތާރީޚީ ކުރިމަތިލުންތައް
ސްޕެއިން އަދި ކްރޮއޭޝިއާ މީގެ ކުރިން 8 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން ތިން ފަހަރު ސްޕެއިން މޮޅުވެފައިވާއިރު، ކްރޮއޭޝިއާ ހަތަރު ފަހަރު މޮޅުވެފައިވެއެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރު ނޭޝަންސް ލީގުގެ މެޗެއްގައެވެ. އެ ފަހަރުގެ މެޗު ވަނީ 2-3 އިން މޮޅުވެފައިވަނީ ކްރޮއޭޝިއާ އެވެ.
މިރޭގެ މެޗަށް ނިކުންނައިރު ދެޓީމުގެ މިވަގުތުގެ ހާލަތު
ކްރޮއޭޝިއާ
މިރޭ ސްޕެއިންއާއި ދެކޮޅަށް ކްރޮއޭޝިއާ ނިކުންނައިރު، އެޓީމުގައިއަނިިޔާގެ މައްސަލައެއް ވެސް އަދި ސަސްޕެންސަނުގެ މައްސަލަ އެއް ވެސް ނެތެވެ. އެހެން ނަމަވެސް އިއްޔެ ކޮވިޑް-19 އަށް ފައްސިވި ފޯވާޑް އިވާން ޕެރިސިޗްއަށް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.
މިރޭ ސްޕެއިންއާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން
ގޯލް ކީޕަރު ލިވަކޮވިޗް، ވަސައިކޯ، ލޮވްރެން، ވިޑާ، ވާޑިއޯލް، މޮޑްރިޗް، ބްރޮޒޮވިޗް، ކޮވެސިޗް، ވްލަސިޗް، ޕެޓްކޮވިޗް، ރެބިޗް.
ސްޕެއިން
މިރޭ ސްރޮއޭޝިއާއާއި ދެކޮޅަށް ނިކުންނައިރު، ސްޕެއިންގެ ޓީމުގައި ވެސް އަނިޔާގެ މައްސަލައެއް އަދި ސަސްޕެންޝަނުގެ މައްސަލައެއްވެސް ނެތެވެ.
މިރޭ ކްރޮއޭޝިއާއާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ 11 ކުޅުންތެރިން
ގޯލް ކީޕަރ ސިމޯން، އަޒްޕްލިކުއެޓާ، ލަޕޯޓޭ، ޓޯރެސް، އަލްބާ، ޕެޑްރީ، ބުސްްކެޓް، ކޯކޭ، ސަރަބިއާ، މޮރާޓާ، މޮރޭނޯ.
ސްޕެއިން އަދި ކްރޮއޭޝިއާ ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން 9 ޖަހާއިރުގައެވެ.