ޔޫރޯ 2020: ޗެމްޕިއަން ޕޯޗުގަލް ރޮއްވާލުމަށްފަހު ބެލްޖިއަމް ކުއާޓާއަށް

ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލަށް ބެލްޖިއަމް ދަތުރުކޮށްފިއެވެ.

ސެވިއްޔާގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާފައިނަލުން ބެލްޖިއަމް ޖާގަ ހޯދާފައިވަނީ ޕޯޗުގަލް 1-0 އިން ބަލިކޮށްގެންނެވެ.

އިޝްތިހާރު Below Header ad

މި މެޗުގައި ދެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގައި ބެލްޖިއަމް އިން ލަނޑުޖަހާ ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައެވެ. މިއީ ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ބޭރުން ތޯގަން ހަޒާޑް ފޮނުވާލި ބާރު ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ފަހުހާފަށް ކުޅެން ނިކުމެ ޕޯޗުގަލްއިން ކުޅުން ވަރުގަދަ ކުރިއިރު، އެޓީމުން ދިޔައީ ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ނަމަވެސް ބެލްޖިއަމްގެ މުޅި ޓީމު ފަހަތައް ފައިބާ ޑިފެންސްކުރަމުން ދިޔުން ވެގެން ދިޔައީ ޕޯޗުގަލްއަށް ލަނޑެއް ޖެހުމަށް އުނގަދުތަކެއް ކުރިމަތިވި ކަމަކަށެވެ. ނަމަވެސް ނުރައްކާތެރި ދެ ހަމަލާއެއް ބެލްޖިއަމްގެ ގޯލަށް ޕޯޗުގަލްއިން ފޮނުވާލާފައިވެއެވެ. އެގޮތުން ބުރޫނޯ ފެނާންޑޭސްގެ ބޮލުން ފޮނުވާލި ބާރު ހަމަލާއެއް ބެލްޖިއަމްގެ ކީޕަރު މަތަކޮށްފައިވާއިރު، ޖާއޯ ފެލިކްސް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑިއަށްވެސް ވަނީ އަމާޒުވެފައެވެ. ނަމަވެސް ޕޯޗުގަލްއިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބު ވެފައެވެ.

މުބާރާތުގެ ދެވަނަ ބުރުން ޕޯޗުގަލް ކެޓިއިރު، އެޓީމަކީ އެންމެ ފަހުން ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަނުންނެވެ.

ބެލްޖިއަމް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރިއިރު، އެޓީމު ކުއާޓާ ގައި ބައްދަލުކުރަން ޖެހޭނީ އިޓަލީއާއެވެ. އެ މެޗު ކުޅޭނީ އަންނަ ޖުލައިމަަހުގެ ދެވަނަ ދުވަހުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.