ޔޫރޯ 2020: ވަރުގަދަ ނެދަލެންޑްސް ކަޓުވާލާ ޗެކް ރިޕަބްލިކް ކުއާޓާއަށް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި ވަރުގަދަ ނެދަލެންޑްސް ކަޓުވާލާ ޗެކް ރިޕަބްލިކް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި މިޭ ކުޅުނު މި މެޗު ޗެކް ރިޕަބްލިކުން ކާމިޔާބުކުރީ 0-2 ގެ ނަތިޖާއަކުންނެވެ.

އިޝްތިހާރު Below Header ad

މިރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މި ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތައްވެސް ދެ ޓީމުން ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ.

ނެދަލޭންޑްސް އަށް މައްސަަލަ ކުރިމަތިވީ މެޗުގެ 55 ވަނަ މިނެޓުގައި އެ ޓީމުގެ އިތުބާރު ޑިފެންޑަރ މަޓިއަސް ޑި ލިގްޓް އަށް ރަތްކާޑު ދެއްކުމުންނެވެ. މިއީ ޗެކް ރިޕަބްލިކްގެ ކުޅުންތެރިއަކު ބޯޅައާއެކު އަރަނިކޮށް ވެއްޓެމުން ދިޔަ ވަގުތު އެ ބޯޅައިގައި ގަސްތުގައި އަތްލި ކަމަށް ނިންމާ ރެފްރީ ދެއްކި ރަތް ކާޑެކެވެ. އެންމެ ފުރަތަމަ ރެފްރީ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް އެ ކާޑު ރަތް ކާޑަކަށް ބަދަލުކުރީ ވީއޭއާރު ބެލުމަށްފަހު އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ނެދަލޭންޑްސްއަށް އިތުރު އުނދަގޫތަކާއި ކުރިމަތިވިއެވެ. ހާއްސަކޮށް ޗެކް ރިޕަބްލިކް ކުޅުންތެރިން އެޓޭކަށް އަރާ ކޮންމެ ދަނޑިވަޅެއްގައި ނެދަލޭންޑްސްގެ ޑިފެންސްލައިން ފެންނަނީ މުޅިން ރޫޅިފައިވާ ތަނެވެ.

ޗެކް ރިޕަބްލިކުން ލަނޑުޖަހާ މެޗުގެ ލީޑު ނެގީ 68 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހޮލޭސްއެވެ. ޗެކް ރިޕަބްލިކްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 80 ވަނަ މިނެޓުގައެވެ. ހޮލޭޒް ދިން ބޯޅަައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޝިކް އެވެ. މިއީ މި މުބާރާތުގައި އޭނާގެ ހަތަރުވަނަ ލަނޑެވެ.

މިއީ 2012 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ކުއާޓާފައިނަލަށް ޗެކް ރިޕަބްލިކް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗުން މޮޅުވެ ޗެކް ރިޕަބްލިކް މުބާރާތުގެ ކުއާޓާއަށް ދަތުރުކުރިއިރު، އެޓީމު ކުއާޓާގައި ބައްދަލުކުރާނީ ވޭލްސް ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދި ޑެންމާކްއާއެވެ. މި މެޗު ކުޅޭނީ އަންނަ ޖުލައިމަހުގެ 3 ވަނަ ދުވަހުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.