ރައްޔިތުން ތަބާ ނުވާނަމަ، ކޮވިޑުގެ 4 ވަނަ ރާޅެއް އައުމުގެ ބިރު ހީވެއްޖެ

ޕާކިސްތާނަށް ކޮވިޑުގެ 4 ވަނަ ރާޅެއް ބިންދާލަފާނެ ކަމުގެ ބިރު ހީވެ، ރައްޔިތުން ސަމާލުވުމަށް އެ ގައުމުގެ ސަރުކާރުން އަންގައިފި އެވެ.

އެ ގައުމުގެ ޕްލޭނިންގ މިނިސްޓަރ އަސަދު އުމަރާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ކޮވިޑާ ކުރިމަތިލުމަށް ހަދާފައިވާ އެސްއޯޕީއަށް ރައްޔިތުން ތަބާ ނުވާ ނަމަ، އިތުރު ރާޅަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން އަންނަ ޖުލައި މަހު 4 ވަނަ ރާޅަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ސިއްހީ މާހިރުންނާ ހަވާލާދީ ބުނެފައި ވެއެވެ.

ޕާކިސްތާނުގައި ކޮވިޑުގެ ހާލަތު ތިންވަނަ ފަހަރަށް ގޯސްވެފައިވަނީ މާރޗް މަހުގަ އެވެ. އަދި އެޕްރީލް މަސް ތެރޭގައި ކޭސްތައް އިތުރުވުމަށް ފަހު، މިހާރު ވަނީ ކޮންމެވެސް ވަރަކަށް މައިތިރި ވެފައެވެ.

ބޭރަށް ވަޒީފާއަށް ދާން ބޭނުންވާ މީހުންނަށް ފައިޒަރ ވެކްސިން ދޭން އެގައުމުން މިހާރުވަނީ ނިންމާފަ އެވެ. އެއީ އެގައުމަކީ ދެކުނު އޭޝިއާގައި އެންމެ ގިނައިން މީހުން ބޭރަށް ވަޒީފާއަށް ފޮނުވާ ގައުމު ކަމަށްވާތީ އެވެ.

ނަމަވެސް ސަރުކާރުން ޝަރުތުކޮށްފައި ވާގޮތުން، ފައިޒަރ ވެކްސިން ޖަހައި ދިނުމަށް ނިންމާފައިވަނީ ޗައިނާ ވެކްސިން ބަލައި ނުގަންނަ ގައުމުތަކަށް ދާ މީހުންނަށެވެ.

ޕާކިސްތާނުގައި ހުކުރު ދުވަހުވެސް ތިން ލައްކަ ތިރީހާހަށް ވުރެން ގިނަ މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. އެ ގައުމުގައި ވެކްސިން ދިފައިވާ މީހުންގެ ޢަދަދު މިހާރުވަނީ ސާދަ މިލިއަނަށް އަރާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ރައްޔިތުންނަށްވުރެން ބޮޑަށް މިފަދަ ޙާލަތެއްގައި އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތަކާމެދު އިހުމާލުވަނީ ސަތުކާރުން. އެޗްޕއޭއިން. ބޮޑުންގރ ޚާއްޞަ ހުއްދަތަކުން. ޤާނޫނުގެ އަތްނުފޯރާ އިންޑިޔާ ސޮރުންނަށް ޤައުމު ހިލޭ ހުޅުވާލުމުގެ ސަބަބުން. ކޮވިޑް ވަންނަނީ ބަދަރުން, އިންޑިޔާ މަގުން

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.