އިސްރާއީލްގައި ކޯވިޑް ވެކްސިން ފުރިހަމަ ކުރި ދެބައިކުޅަ އެއްބައި މީހުންނަށް ޑެލްޓާ ވޭރިއަން ޖެހިއްޖެ

ގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް އެންމެ ފުރަތަމަ ކޮވިޑް-19 ވެކްސިން ދީ ނިންމި އިސްރާއީލްގައި ހަލުވި ކަމާއި އެކު އަނެއްކާވެސް ވައިރަސް ފެތުރެމުންދާ ކަމުގެ އިންޒާރު އެ ގައުމުން ކުރީ މިދިޔަ ހަފްތާގައި އެވެ.

އެ ގައުމުގައި ކޮވިޑް ކޮންޓްރޯލްކޮށް މިމަހު ކުރީ ކޮޅުން ފެށިގެން ދިޔައީ ވަރަށް ބޮޑެތި ލުއިތައް ދެމުންނެވެ. އެގޮތުން މިމަހުގެ މެދު ތެރޭގައި ވަނީ އާންމު ތަންތަނުގައި މާސްކު ނާޅާ އުޅުމުގެ ހުއްދަވެސް ދީފަ އެވެ.

އިޝްތިހާރު Below Header ad

އެކަމަކު އޭގެ 10 ދުވަސް ފަހުން އަނެއްކާވެސް މާސްކު އެޅުން މަޖުބޫރު ކުރީ ޑެލްޓާ ވޭރިއެންޓުގެ ބިރު ބޮޑުވެގެންނެވެ.

އިސްރާއީލްގެ ސިއްހީ އިދާރާ އާއި ހަވާލާދީ ވޯލްޑް ސްޓްރީޓް ޖާނަލްގައި ބުނެފައިވަނީ ކޮވިޑްގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ އިސްރާއީލް ރައްޔިތުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ކޮވިޑް ޖެހިގައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 90 ޕަސެންޓު މީހުންނަށް ޖެހިފައިވަނީ ޑެލްޓާ ވޭރިއަންޓު ކަމަށެވެ.

އަދި ވެކްސިން ނުޖަހާ 12 އަހަރުން ދަށުގެ އުމުރު ފުރާގެ ދެ ބައިކުޅަ އެއްބައި ކުދިންވެސް ކޮވިޑަށް ޕޮސިޓިވްވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މިހާ ޑެލްޓާ ވޭރިއަންޓް ފެތުރުނީ މާސްކު ނާޅާ އުޅުން ހުއްދަ ކުރުމުން ކަމަށް އެމީހުން ގަބޫލު ކޮށްފައިވެ އެވެ.

އިސްރާއީލް ރައްޔިތުންނަށް ދީފައިވަނީ ފައިޒާ ވެކްސިންއެވެ. އެގައުމުން އެހާ އަވަހަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީ ނިންމާލީ އެމެރިކާގެ އެހީތެރިކަމާއި އެކު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.