ބީއެމްއެލް އެޖެންޓުން މެދުވެރިކޮށް އިތުރު 12 ރަށެއްގައި ފައިސާ ޖަމާކޮށް ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސް އިން އިތުރު 12 ރަށެއްގައި އެޖެންޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި އަދި ފައިސާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި އެވެ.

މިއާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 62 އޭޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ޚިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.

އިޝްތިހާރު Below Header ad

އަލަށް މި ޚިދުމަތް ދޭން ފެށީ ހއ. މާރަންދޫ، ހދ. ކުމުންދޫ، ނެއްލައިދޫ، ފިނޭ، ށ. ނަރުދޫ، ފޭދޫ، ށ. މަރޮށި، ނ. ޅޮހި، ނ. މާޅެންދޫ، ރ. އިންނަމާދޫ، ބ. ފުޅަދޫ އަދި މ. ކޮޅުފުއްޓަށެވެ.

މި ރަށްތަކުގައި ގާއިމްކުރެވުނު މި ހިދުމަތާއެކު، ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10،000 ރުފިޔާ އާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެއެވެ. އަދި ކަސްޓަމަރަކަށް އެއްވެސް ފީއަކާ ނުލައި ދުވާލަކު 2000 ރުފިޔާވެސް ނެގޭނެ އެވެ.

މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށްޓަކައި ބޭންކުން ކޭޝް އެޖެންޓުންގެ ޚިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ.

މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ޚިދުމަތް ދިނުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ.

އެއްވެސް ފީއަކާ ނުލައި ބޭންކުން އަންނަނީ 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތާއި 60 އަށްވުރެ ގިނަ އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ޚިދުމަތްވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން ނެވެ.

ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އިޢުލާން ކުރެވިފައިވާ ފުރަބަންދުގައި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ދަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.