ސްޓެލްކޯ އިންޖީނުގެ އެހެން ސަރަހައްދަކަށް ގެންދިއުމަށް މެމްބަރު މީކާއިލްގެ ގަރާރެއް މަޖިލީހަށް!

ސްޓެލްކޯ އިންޖީނުގެ އެހެން ސަރަހައްދަކަށް ގެންދިއުމަށް މެމްބަރު މީކާއިލް އަހްމަދު ނަސީމް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވުމަށް ނިންމަވައިފި އެވެ.

މިއީ މާލޭގައި ހުންނަ ސްޓެލްކޯ އިންޖީނުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް، ނުވަތަ ސްޓެލްކޯ އިންޖީނުގެ މާލެއިން އެހެން ތަނަކަށް ބަދަލުކޮށް، މާލެ އަކީ ކާބަން އެމިޝަން ފްރީ ސިޓީއަކަަށް ހެދުމަށް ގޮވާލާ ހުށަހަޅުއްވާ ގަރާރެކެވެ.

އިޝްތިހާރު Below Header ad

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ފޮނުއްްވާފައިވާ އެ ގަރާރުގައި ވަނީ، މި ގަރާރަކީ، މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދާއި މާ ގާތުގައި ސްޓެލްކޯގެ ޖަނަރޭޓަރުތަކާއި ދުން ހޮޅިތަކާއި، ތެޔޮ ތާނގީތައް ބެހެއްޓުމުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ތަފާތު އެކި އުނދަގޫތައް ވަމުންދާތީ، އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލައި ހުށަހަޅާ ގަރާރެއް ކަމަށެވެ.

މީގެ އިތުރުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ރައްޔިތުންނާއި ރައްޔިތުންގެ މުދާ ރައްކާތެރި ކުރުމަކީ އަމާޒަކަށް ވެފައި، ރަނގަޅު ސިއްހަތެއްގައި ދިރިއުޅުމުގެ ހައްގަކީ ދައުލަތުން ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދޭން ޖެހޭ ހައްގެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި އާއްމު ބޭނުންތަކުގެ ޚިދުމަތާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، މާލެ އާއި ރާއްޖޭގައި އާއްމުކޮށް އިލެކްޓްރިކު ކަރަންޓް ދިނުމާބެހޭ ގަވާއިދުގައި، އިންޖީނުގެ ހުންނަންވާނީ އަރާ ދުމުން އާއްމުންނަށް އުނދަގޫ ނުވާނެ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދާ މަދުވެގެން 200 ފޫޓު ދުރުގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

“މީހުން ދިރިއުޅޭ ސަރަހައްދާ މާ ކައިރީގައި ޖަނަރޭޓާރުތައް ބަހައްޓާފައި ހުރުމުގެ ސަބަބުންނާއި، ދުން ހޮޅިތައް ހުރިލެއް ތިރިކަމުން ސްޓެލްކޯގެ މައި އިމާރާތާއި ޖަނަރޭޓަރުތައް ހުންނަ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޖައްވުގައި ހުންނަ ތެޔޮވަސް ދުވައި، ޑީސަލް ތެޔޮ އަންދައިގެން އުފެދޭ ކަޅު ދުމުގެ ސަބަބުން ވައި ތަޣައްޔަރު ވެ ކެއްސައި، ލޮލާއި ނޭފަތް ހިރުވައި، ނޭވާލާ ނިޒާމަށް އުނދަގޫ ވެ، ބޮލުގައި ރިއްސައި، ތަފާތު ބަިލިތަކަށް މަގުފަހިވެ، ވައިބްރޭޝަންތަކުގެ ސަބަބުން ގޭގައި ޖަހާފައި ހުންނަ މުށްޓައް ތަކުރާރުކޮށް ގެއްލުން ލިބި ފާރުތަކުގައި ރެނދުލައި، ކުޑަކުދިންނަށް ރޭގަނޑު ނުނިދި، މުޅި ދުވަހު ކުޑަ ދޮރުތައް ލައްޕައިގެން އުޅެން މަޖުބޫރު ވެފައިވޭ. އަދި އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ތެޔޮ ތާނގީތަކުގެ ސަބަބުން އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ވެސް މެދުވެރިވެ، ވަރަށް ގިނަ ބަޔަކަށް ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު ހީވެފައިވޭ.” މީކާއިލް ގެ ގަރާރުގައި ވަނީ ބުނެފަ އެވެ.

އެ ގަރާރުގައި ވަނީ އެކަންތައްތަކަށް ހައްލެއް ގެނައުމަށް ކުރު ރާސްތާ، މެދު ރާސްތާ، އަދި ދުރު ރާސްތާ، ޕްލޭނެއް ސްޓެލްކޯއިން އެކުލަވާލައި، އެކަމަށް ތާވަލެއް ކަނޑައަޅައި ކުރު ރާސްތާގައި މާލެ، ހުޅުމާލެ އިންޓަރނެޓް ކަނެކްޝަން ޕްރޮޖެކްޓް ވީ އެންމެ އަވަހަކަށް ނިންމުމަށްވެސް ގޮވާލާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.