ކާންދޭ އަތުގައި ދަތް ނާޅާ ގެ ނަމުގައި ސުލްހަވެރި އަޑު އުފުލުމެއް ބާއްވަނީ!

“ކާންދޭ އަތުގައި ދަތް ނާޅާ” ގެ ނަމުގައި ސުލްހަވެރި އަޑު އުފުލުމެއް ބާއްވަން ނިންމައިފި އެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއީ ރެސްޓޯރެންޓު، ކެފޭ ހިންގާ ފަރާތްތަކުން ބާއްވާ ސުލްހަވެރި އަޑު އުފުލުމެއް ކަމަށެވެ. އަދި މި ހަރަކާތް އޮންނާނީ މި ޖޫން މަހުގެ 28 ވަނަ ދުވަހު ހަވީރު 4 ޖަހާ އިރު، ކާނިވާ ސަރަހައްދުގައި ކަމަށެވެ.

އިޝްތިހާރު Below Header ad

އެފަރާތުން ބުނީ މިފަދަ އަޑު އުފުލުމަކަށް ދާން ޖެހުނީ އެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުމާއި އާދޭސް ސަރުކާރުގެ ހުރިހައި މުވައްސަސާތަކެއްގައި ދަންނަވައިގެން ވެސް އެކަށީގެންވާ އެހީތެރިކަމާއި އިޖާބަދީފައި ނުވާތީ ކަމަށެވެ.

މި ހަރަކާތާއި ގުޅިގެން ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) ގެ ރައީސް ޙާމިދު ޢަފީފު ވިދާޅުވީ ސުލްހަވެރި އަޑުއުފުލުމަށް ދާން ނިންމީ ރޭމްގެ ބޯޑު މީޓިންގ ގެ އަޣުލަބިއްޔަތުން ކަމަށެވެ. އަދި ވިޔަފާރިވެރިން އަބަދު ވެސް މަސައްކަތްކުރަނީ އެ އިރެއްގައި އޮންނަ ދައުލަތާއި އެކުގައި ކަމަށެވެ.

“ރައީސް ސޯލިހަށް ފޮނުވާ މެއިލްތައް ނުލިބޭ ކަމަށް ބުނަނީ. އެކަމަކު މިދިޔަ ފެބްރުއަރީ މަހު ވެސް މެއިލް ކުރިން. ފޮނުވިން. ދެން ނޭނގެ ނުލިބެނީ ކަމެއް، އެއީ ކީއްވެ ވާ ގޮތެއް ކަމެއް.” ހާމިދު ވިދާޅުވި އެވެ.

RAM 1 1

އޭނާ އިތުރަށް ވިދާޅުވީ އެޗްޕީއޭ އާ މަޝްވަރާކުރުމަށް ތަކުރާރުކޮށް އެދެމުންދާ ކަމަށާއި ރޭމް އިން މިހާރުފޮނުވާ މެއިލްތަކަށް ޖަވާބު ވެސް ނުދޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރޭގަނޑު 12 ގެ ފަހުން ވެސް ކާބޯތަކެެތި ޑެލިވަރީ ކުރާ މީހުން އުޅޭ ކަމަށާއި އެކަންކަމަށް އަޅާލާނެ ފަރާތެއް ނެތް ކަމަށެވެ. އެކަމަކު ކެފޭ، ރެސްޓޯރެންޓު ހިންގާ ފަރާތްތައް “އިނދަ” ޖެހުނު އިރު، އެކަމަށް ހައްލެއް ހޯދައި ނުދެވުނު ކަމަށެވެ.

“އަޅުގަނޑުމެން ރެސްޓޯރެންޓު ހިންގާ މީހުން މިތިބީ އިނދަ ޖެހިފަ އިނގޭތޯ، އަނބިދަރިން ގޮވައިގެން އުޅެވޭކަށް ނެތް. މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތް. އަދި ތަނުގެ ކުލި ދެއްކޭނެ ގޮތެއް ވެސް ނެތް.” އަސަރާއެކު ޙާމިދު ވިދާޅުވި އެެވެ.

RAM 2

ޙާމިދު ވިދާޅުވީ ސުލްހަވެރި އަޑު އުފުލުމުން ހައްލެއް ނުލިބިއްޖެ ނަމަ، ޖުޑީޝަރީއަށް ވެސް ދާން ބޯޑު މީޓިންގ ގައި ނިންމާފައިވާ ކަމަށެވެ. އަދި އެވަރުން ނުވެއްޖެ ނަމަ، ކެފޭ، ރެސްޓޯރެންޓުތައް ހުޅުވަން ނިންމާފައިވާ ކަމަށެވެ.

“ދެން އެހެންގޮތެއް ނެތިއްޔާ ކެފޭތަކާއި ރެސްޓޯރެންޓުތައް ހުޅުވާނީ. އެމީހުން ކުރާކަމެއް ކުރާނީ ފަހުންތާ. މިހާރުދެން އެނޫން ގޮތެއް ނެތް.” ޙާމިދު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލަށް ރައްދުދެއެްވާ އަހުމަދު ރައްދު ކެންސަލްކުރޭ!


ޚިޔާލުތައް:

  1. ހުރިހާ، ސިނާޢަތެއްވެސް، މިޕެންޑަމިކުގަ، އެހާލުގަ، އިތްކަންސަރުކާރަށް، އެނގޭ، އެހެންވެގެން، ދިހަމިލިޔަނާއި، ހަމައަށް، ދޭލޯނުއެހީއެއްދޭން، އެނިންމީ،، މިދަނޑިވަޅުގައި، ޖެހޭނީޖެއްތެރިވެގެން، ރިބެ، އިއްޔެގެގާލަތަށް، ރުޖޫޢަވެވޭތޯ، ގުޅިގެން، މަސަތްކަތްކުރަން،

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.