އެމްޑީޕީ އަބަދު ވެސް ދެމި އޮންނާނީ ރައްޔިތުންގެ ހައްގު މިންވަރު ހޯދައިދިނުމަށް!

އެމްޑީޕީ އަބަދު ވެސް ދެމި އޮންނާނީ ރައްޔިތުންގެ ހައްގު މިންވަރު ހޯދައިދިނުމަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނީ އެ ޕާޓީ އުފެދުނުތާ 16 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގަ އެވެ.

އިޝްތިހާރު Below Header ad

އެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީ އަބަދުވެސް ދެމިއޮންނާނީ މއެ ޕާޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށް ކަމަށެވެ.

“އެމްޑީޕީއަށް 16 އަހަރު މިއަދު ފުރުނީ ހަމަލާއަކުން ހިތާމަވެރި ހާލަތެއް މެދުވެރިކުރުވާފައި ވަނިކޮށް. އެމްޑީޕީގެ ފިކުރަށް ސީދާ އަމާޒުކޮށް އެފަދަ ހަމަލާތައް ދިނަސް ފަހަތަށް ނުޖެހޭނެ.” އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މިއީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތް ވެ، ޒަޚަމްކޮށްލާފައިވާ ވަގުތެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި މި ޓެރަރިސްޓް ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްގެ އިތުރަށް، ޕާޓީގެ ފިކުރަށާއި ޕާޓީ ބިނާވެފައިވާ އަސްލުތަކަށާއި ޕާޓީގެ ނުގުޑާ އަޒުމަށާއި ހިތްވަރަށް ދިން ހަމަލާއެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި މިއަދު ވަނީ ޕާޓީގެ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އަދި އިތުރު އެކި ހަރަކާތްތައް މަސް ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، އެމްޑީޕީ އުފެއްދީ ޖޫން، 25، 2005ގަައި ސްރީލަންކާގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލަށް ރައްދުދެއެްވާ Ahmed ރައްދު ކެންސަލްކުރޭ!


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.