ޔޫރޯ 2020 ގަދަ 16: އިޓަލީ – އޮސްޓްރިއާ

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި ހިމެނުނު އިޓަލީ އިން އެޓީމު ހިމެނުނު ގުރޫޕްގެ މެޗުތައް ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރެކޯޑަކާއި އެކުގައެވެ. ގްރޫޕް ސްޓޭޖް ކާމިޔާބުކަމާއެކު ނިންމާލި އިޓަލީ ގަދަ 16 ބުރުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ސީ ގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 ވަނަ ބުރަށް ދަތުރުކުރި އޮސްޓްރިއާއާއެވެ.

އިޓަލީ ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތަށް

އިޝްތިހާރު Below Header ad

އިޓަލީ ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް އޭގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ  ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

އިޓަލީ 1- ވޭލްސް 0

އިޓަލީ 3 – ތުރުކީ 0

އިޓަލީ 3- ސްވިޒަލެންޑް 0

ޖުމްލަ ޕޮއިންޓް: 9

އިޓަލީއާއި ދެކޮޅަށް މިރޭ ނިިކުންނަ އޮސްޓްރިއާ ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

އޮސްޓްރިއާ ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތައް

އޮސްޓްރިއާ ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް ސީގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވެ ޖުމްލަ ހަ ޕޮއިންޓު ހޯދައިގެން ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

އޮސްޓްރިއާ 1– ނޯތް މެސެޑޯނިއާ 0

އޮސްޓްރިއާ 0– ނެދަލެންޑްސް 2

އޮސްޓްރިއާ 1– ޔޫކްރެއިން 0

ޖުމްލަ ޕޮއިންޓް: 6

އިޓަލީ އަދި އޮސްޓްރިއާގެ ތާރީޚީ ކުރިމަތިލުންތައް

އިޓަލީ އަދި އޮސްޓްރިއާ މީގެ ކުރިން 35 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން 15 ފަހަރު އިޓަލީ މޮޅުވެފައިވާއިރު، އޮސްޓްރިއާ މޮޅުވެފައިވަނީ 12 ފަހަރުއެވެ. އަށް މެޗުން ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2008 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އެ ފަހަރުގެ މެޗު ވަނީ 2-2 އިން އެއްވަރުވެފައެވެ.

މިރޭގެ މެޗަށް ނިކުންނައިރު ދެޓީމުގެ މިވަގުތުގެ ހާލަތު

އިޓަލީ

އަނިޔާގައި: އަލެސަންޑްރޯ ފްލޮރެންޒީ

އަނިޔާއިން ރަނގަޅުވި: ޖޯޖިއޯ ކިއެލީނީ

މިރޭ އޮސްޓްރިއާއާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން 

ގޯލްކީޕަރ ޑޮންނަރުންމަ، ޑި ލޮރެންޒޯ، އެކާބީ، ސްޕިނަޒޯލާ، ބޮނޫޗީ، ބަރޭލާ، ޖޮގީނިއޯ، ވެރާޓީ، ބެރާޑީ، އިމޯބިލޭ، އިންސީނިއާ

އޮސްޓްރިއާ

މިރޭ އިޓަލީއާއި ދެކޮލަށް ނިކުންނައިރު، އޮސްޓްރިއާ ޓީމުގައި އަނިޔާގެ މައްސަލައެއް އަދި ސަސްޕެންސަނުގެ މައްސަލައެއް ވެސް ނެތެވެ.

މިރޭ އިޓަލީއާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ 11 ކުޅުންތެރިން

ގޯލް ކީޕަރ ޑެނިއެލް ބަހުމަން، ލައިނިއާާ، ޑްރެގޮވިޗް، މާޓިން ހިންޓެއެގާ، އަލަބާ، ލައިމާ، ގްރިލިޗް، ޒަވާ ސްލާގާ، ސަބިޓްޒާ، ބައުމްގާޓްނާ، އަނައުޓޮވިޗް.

އޮސްޓްރިއާ އަދި އިޓަލީ ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.