ތިޔަ ރަށުގައި އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓަކަށް ވާން ބޭނުންތަ؟ މިއޮތީ އެ ފުރުސަތު!

އެސްޓީއޯގެ ކޮންސްޓްރަކްޝަން ސާމާނު ރާއްޖޭގެ ހުރިހައި ރަށެއްގައި ވިއްކުމަށް ނިންމާ، އެކަމަށް އެޖެންޓުން ހޯދަން އެސްޓީއޯ އިން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ މި ފުރުސަތުގައި ރާއްޖޭގެ ކޮންމެ ރަށެއްގެ ވިޔަފާރިއަކަށް ވެސް އެޖެންޓަކަށް ވުމަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. މި ފުރުސަތުގެ ދަށުން އަންނަ ޖުލައި މަހުން ފެށިގެން ފޯމު ހުށަހެޅޭނެ ކަމަށާއި މިކަމަށް އެދޭ ފޯމް އެސްޓީއޯ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ބުންޏެވެ.

އިޝްތިހާރު Below Header ad

އެޖެންޓުންގެ ގޮތުގައި ނަގާނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތައް ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ މާރޗު މަހު ވެސް ކޮންސްޓްރަކްޝަން އެޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެހެންނަމަވެސް އެފަހަރު ހުޅުވާލީ 11 އަތޮޅަކަށެވެ. އެ ފުރުސަތުގެ ދަށުން ފޯމު ހުށަހެޅި 22 ފަރާތަކަށް ވަނީ އެޖެންޓުކަން ހަވާލުކޮށްފަ އެވެ.

އެސްޓީއޯ އިން ވިއްކާ ކޮންސްޓްރަޝަން ސާމާނުގެ ތެރޭގައި ސިމެންތި، ހިލަ އާއި ހިލަވެލި އަދި ދަގަނޑާއި ޕުލައިވުޑާއި ދަގަނޑު ހޮޅި އާއި ޓިނު ހިމެނެ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.