ނިމާލުގެ “ހެހެސް” ގެ ފަސްޓް ލުކް ރިލީޒު ކޮށްފި، މިއަހަރު ފެންނާނެ!

ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ކުޅަދާނަ އެކްޓަރ އަދި ޑައިރެކްޓަރ އަހްމަދު ނިމާލުގެ ފެނިލުމެއް ނުވަތަ އުފެއްދުމެއް ނުފެންނަތާ ދުވަސްތަކަކަށް ފަހު، މިހަރު މިވަނީ އެ އިންތިޒާރަށް ވެސަް ނިމުން އައިިސްފަ އެވެ.

އަޙްމަދު ނިމާލް ޑައިރެކްޓްކޮށްފައިވާ ހެހެސް ފިލްމުގެ ފަސްޓްލުކް ރިލީޒްކޮށްފައިވާ އިރު، މި ފިލްމު މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕް މެދުވެރިކޮށް މި ފިލްމު، މި އަހަރު ފެންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

އިޝްތިހާރު Below Header ad

މި ފިލްމަކީ ލޯބީގެ ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައި ސަސްޕެންސް ތްރިލަރ އެކެވެ.

”އިން ފަހަނައެޅި އިޝްޤް“ މި ޓެގްލައިން ބޭނުންކޮށްފައިވާ މި ފިލްމަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަންގެ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ޝާނީޒް ޢަލީ ވެސް ހިމެނެ އެވެ. މި ފިލްމުގެ ތަރުންގެ ތެރޭގައި ރާއްޖޭގެ ނަމްބަރ ވަން ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ހުނަރުވެރި އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) އާއި ޢަލީ އާޒިމް (ދޮން އައްޔަ) ހިމެނެ އެވެ.

މީގެ އިތުރުން މޮޅު އެކްޓިންގއެއް ދައްކަމުން އަންނަ އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް ޝިފާ، ވާޝިޔާ މުޙައްމަދު، ޓީވީ ޕްރެސެންޓަރ މަރިޔަމް ޝިފާ (ޝިފް) އަދި ފީޗަރ ފިލްމަށް މުޅިން އަލަށް ތަޢާރަފްވާ ޝިޔާޒާ މުޙައްމަދު (ޝިޔާ) ވެސް ހިމެނެ އެވެ.

ވާހަކަ އާއި ސްކްރީންޕްލޭ ޔޫއްޕެ ލިޔެފައިވާ އިރު، މި ފިލްމު ޝޫޓުކޮށްފައިވަނީ ބ. ގޮއިދޫ އާއި މާލޭގަ އެވެ. މި ފިލްމު ކެމެރާކުރީ ތަޖުރިބާކާރު ކެމެރާމަން އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މިއުޒިކް ޖަލާލް ހަދާފައިވާ އިރު، ބެކް ސްކޯ ހެދީ އައްޔުމަން ޝަރީފް އެވެ. މޭކަޕް ކުރީ އާއިޝަތު އިބްނާ ނާޞިރް އެވެ.

މި ފިލްމަށް ލަވަކިޔައިދީފައިވަނީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި އޭނާގެ އަންހެނުން އަޝްފާ އަދި ޙަސަން ޠޮލާޤް (ތޮލާ) އެވެ.

https://web.facebook.com/100453614916550/videos/868217297410099

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.