އެމްޑީޕީގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފަށައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 16 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފަށައިފި އެވެ.

އެ ޕާޓީގެ ހަރަކާތްތައް މިއަދު ހެނދުނު ފަށާފައިވަނީ އެމްޑީޕީ ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުން ނެވެ.

އިޝްތިހާރު Below Header ad

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި ކެބިނެޓް ވަޒީރުން ބައިވެެރިވެފައެއް ނުވެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވަނީ ބައިވެރިވެފަ އެވެ.

އެހެންކަމުން މިއަދުގެ އެ ރަސްމިއްޔާތު ފެނިގެންދިޔައީ ވަރަށް ފަޅު ރަސްމިއްޔާތެއްގެ ގޮތުގަ އެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި މި ރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ އެޕާޓީގެ ޗެއަރޕަރސަން ހަސަން ލަތީފާއި، ނާއިބް ރައީސް މުހައްމަދު ޝިފާޒު އެވެ.

އެމްޑީޕީގެ މިއަހަރުގެ އަހަރީދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ޤައުމީ މަޖިލީޙުގެ ހާއްސަ ޖަލްސާއަކާއި މީސްމީޑިޔާ އެޕްލިކޭޝަން ކްލަބް ހައުސްގައި “ކްލަބް ހައުސް އެމްޑީޕީ ހަރުގެ” ލޯންޗްކުރުން މިއަދު އޮންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަހަރީ ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތްތައް ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ އިރު، ގްރާސް ރޫޓް އަޑު ގެ ނަމުގައި ފޯން ކޯލުގެ ޒަރިއްޔާއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި އެމްޑީޕީގެ އާންމު މެންބަރުންގެ އަޑާއި އެ މެންބަރުން އެކި ކަންކަމުގައި ދެކޭ ގޮތުގެ ޝުޢޫރު ފާޅު ކުރުމުގެ ހަރަކާތެއް 3 ދުވަހަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

ޖުލައި މަހު ފަހުކޮޅު ބާއްވާ ހަރަކާތްތަކުގައި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

ދިވެހިރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ނުވަތަ ގިނަ ގިނަ ޕާޓީއެކުލެވޭ ނިޒާމުގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، އެމްޑީޕީ އުފެދުނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބަވައިގެން މަދު ބޭފުޅުންތަކެއް ފެއްޓެވި ސިޔާސީ މަސައްކަތުގެ ނަތީޖާއެއް ގޮތުން ނެވެ.

އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ނިންމެވީ ސިޔާސީ ޕާޓީތައް އުފެއްދުމަށް ރާއްޖޭގައި ހުއްދަދޭން ކަމަށްވާތީ، އޭރުގެ ސަރުކާރުން އެކަން ނިންމެވި އެވެ.

އެމްޑީޕީ އުފެދި، ރަސްމީކޮށް ރެޖިސްޓްރީ ކުރީ 2005 ވަނަ އަހަރުގެ ޖޫން 26 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ އަހަރީ ދުވަސް މިއަދު ފާހަގަކުރާ އިރު، ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާއަށްފަހު އެޕާޓީގެ ތެރޭގައި ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ދަނީ ވިދާޅުވަމުން ނެވެ.

އެހެންނަމަވެސް ރައީސް ސޯލިހު ވިދާޅުވަނީ އެފަދަ ނުތަނަވަސްކަމެއް ނެތް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.