ދިރާސާ ކުރި ވަރަކަށް އެނގެނީ ޗައިނާއިން ކޯވިޑް-19ގެ ފެށުން ސިއްރު ކުރަން އުޅޭ ވަރު!

މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޯވިޑް-19 ފެތުރެން ފެށި ގޮތް ހޯދުމަށް ތަފާތު ދިރާސާތައް އެކި ގައުމުތަކުގައި ދަނީ ކުރަމުންނެވެ.

ވައިރަސް ފުރަތަމަ ފެނިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީގެ ކަނޑުމަހާއި އެއްގަމު މަސް ވިއްކާ މާކެޓަކުން ކަމަށް ޗައިނާއިން ބުނެ އެވެ. އެކަމަކު މިވާހަކަތައް ގަބޫލު ކުރަން ސައިންސްވެރިންނާއި މިފަދަ ގައިންގަޔަށް އަރާ ބަލިތަކުގެ ތަޖުރިބާކާރުން ދެކޮޅު ހަދަ އެވެ.

އިޝްތިހާރު Below Header ad

މިފަހަރު އަނެއްކާވެސް ކޯވިޑް-19 ގެ ފެށުން ހޯދުމަށް ކުރި ދިރާސާއެއް އާންމުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ކެންޓް އިންނެވެ. އެ ޔުނިވާސިޓީން ކޮށްފައިވާ ދިރާސާއިން އިނގުނީ ކޯވިޑްގެ ފުރަތަމަ ކޭސް ޗައިނާއިން ފެނުނީ ޑިސެމްބަރު މަހު ނޫން ކަމެވެ.

އެ ދިރާސާ ކުރި ޓީމުން ބުނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޗައިނާގައި ކޯވިޑް ފެތުރެން ފަށާފައިވާ ކަމަށެވެ. އަދި ފުރަތަމަ ބަލި ފެތުރިފައިވަނީ މަސް ވިއްކާ މާރުކޭޓުގައި ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

އެ ޓީމުގެ ރިޕޯޓުގައި ފުރަތަމަ ބަލި ފެނުނު ވަކި ތަނެއް ފާހަގަކޮށް ބަޔާންކޮށްފައެއް ނުވެ އެވެ. އެކަމަކު މި މަހު ކުރީ ކޮޅު އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކުން ކުރި ދިރާސާއަކަށް ފަހު ބުނެފައިވަނީ ކޯވިޑް-19 އަކީ ވޫހާންގެ ލެބޯރަޓަރީއެއްގައި އުފައްދާފައިވާ ވައިރަހެއް ކަމަށެވެ.

އެ ދިރާސާގައި ބުނީ އެއީ ޗައިނާއިން އުފެއްދި ވައިރަހެއްކަން ފޮރުވުމަށް ގިނަ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. މިފަހަރު ކެންޓް ޔުނިވާސިޓީގެ ރިޕޯޓުގައިވެސް ބުނެފައިވަނީ ބަލި ފެތުރެން ފެށިގޮތް ފޮރުވުމަށް ޗައިނާއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ދިޔަ ހަފްތާތެރޭގައި އެމެރިކާގެ ކެންސާ ރިސާޗް ސެންޓަރަކުން ޗައިނާއިން ފޮހެލާފައިވާ ނުވަތަ ޑިލީޓް ކޮށްލާފައިވާ މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށް ބުނެފައިވެ އެވެ. ފޮހެލި އެ މައުލޫމާތުތަކުގައި ވާގޮތުން ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވެފައިވާ ސާމްޕަލްތަކަކީ ވޫހާންގެ މާކެޓާއި ގުޅުން ހުރި ބައެއް ނޫން ކަމެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ވަނީ އެ މައުލޫމާތު ޑިލީޓް ކޮށްލީ ޗައިނާގެ ސައިންސްވެރިން އެދިގެންކަން މީޑިއާގައި ޔަގީން ކޮށްދީފަ އެވެ. އަދި ބުނެފައިވަނީ ޑިލީޓް ކޮށްލީ ފަހުގެ ރަނގަޅު މައުލޫމާތު ޑޭޓާގެ ގޮތުގައި ހިމެނުމަށް ދޭނެ ކަމަށް އެންގުމުން ކަމަށް ބުނެފައިވާ ކަމަށެވެ.

ކެންޓް ޔުނިވާސިޓީން އިތުރަށް ބުނީ ވައިރަސް ފުރަތަމަ އިންސާނުންގެ މެދުގައި ފެތުރެން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޫންކަން ޗައިނާ އާއި ޑަބްލިއުއެޗްއޯ ގުޅިގެން ހެދި ދިރާސާއަކުންވެސް ހާމަވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.