ޖޭ ހޮޓެލް، ދުނިޔޭގެ އެންމެ އުސް ލަގްޒަރީ ހޮޓާ، އަގުތައް ވެސް އެހާ އުސް!

ދުނިޔޭގައި މިހައިތަނަށް ހުޅުވި އެންމެ އުސް، ލަގްޒަރީ ހޮޓާ، ޗައިނާގެ ވެރިރަށް ޝަންގހާއީ ގައި ހުޅުވައިފި އެވެ.

“ޖޭ ހޮޓެލް” ގެ ނަން ދީފައިވާ މި ލަގްޒަރީ ހޮޓެލްގެ 120 ވަނަ ބުރީގައި 24 ގަޑިއިރުގެ ޚިދުމަތާއެކު ރެސްޓޯރަންޓެއް ހުރި އިރު، މުޅު ހޮޓެލްގައި 7 ރެސްޓޯރަންޓް ވަނީ ގާއިމުކޮށްފަ އެވެ. އަދި ފާރސަނަލް ބަޓްލަރުންގެ 24 ގަޑިއިރު ޚިދުމަތާއި ބާރ އަދި ސްޕާތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން 84 ވަނަ ބުރީގައި ސްވިމިންގ ޕޫލެއް ހުރި އިރު، މަތީ ފެންވަރުގެ ހޮޓަލަކުން ލިބޭނެ ހުރިހާ ޚިދުމަތެއް ހޯދުމުގެ ހުރިހައި މަގުތައް އެ ހޮޓެލްގައި ވަނީ ގާއިމުކޮށްފަ އެވެ.

ސިކުންތަކު 18 މީޓަރަށް ދަތުރުކުރާ ލިފްޓުތަކާއެކު ޖޭ ހޮޓެލް މެހްމާނުންނަށް ހުޅުވާލާފައި މިވަނީ ކޮވިޑުގެ ބަލިމަޑުކަމާ ހެދި ހުޅުން ފަސްކުރުމަށް ފަހުގަ އެވެ.

ޖޭ ހޮޓެލް މެހްމާނުންނަށް ހުޅުވާލި ނަމަވެސް، އެތަނުގެ އަގުތައް އެނގުމުން ލޮލުން ދިލަ ނާރާނީ ހަމައެކަނި މުއްސަނދުންނާއި މަހުޖަނުޔން ނެވެ.

އެ ހޮޓެލްގެ ސްޕެޝަލް އެކްސްޕީރިއަންސް ރޭޓުތަކުގެ އަގުތައް ކޮޓަރިއަކަށް ރެއަކަށް 3،088 ޔުއާން ނުވަތަ 477 އެމެރިކާ ޑޮލަރު ދައްކަންޖެހޭ އިރު، އެ ހޮޓެލްގައި ހިމެނޭ 34 ސުއިޓްސްގެ (ޖޭ ސުއިޓް) ގެ އަގަކީ އެންމެ ރެއަކަށް 67،000 ޔުއާން ނުވަތަ 10،360 އެމެރިކާ ޑޮލަރެވެ.

J Hotel 1

ޖޭ ހޮޓެލް އަކީ ޗައިނާ ސަރުކާރަށް ނިސްބަތްވާ ގްރޫޕެއް ކަަމަށްވާ ޖިން ޖިއާންގ އިންޓަރނޭޝަނަލް ހޮޓެލްސް ޗޭނުގައި ހިމެނޭ ހޮޓަލެކެވެ. 

ޖޭ ހޮޓެލް ހުޅުވުމާއެކު، އެތަން ބަލާލަން އެތައްބަޔަކު ޒިޔާރަތްކޮށް، އެ ހޮޓަލުގެ ވެބް ޕޭޖްވެސް މީހުންނާއިގެން ފްލަޑްވެގެން ދިޔަ ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

“ޖޭ ހޮޓެލް” ޝަންހާއީގައި ހުންނަ ޝަންހާއީ ޓަވަރަށް ވުރެންވެސް އުހެވެ. ޝަންހާއީ ޓަވަރަކީ ޑުބާއީގައި ހުންނަ ބުރްޖް ޚަލީފާއަށްފަހު ދުނިޔޭގައި ހަދާފައިވާ ދެވަނައަށް އެންމެ އުސް އިމާރާތެވެ.

ނަމަވެސް، ލަގްޒަރީ ހޮޓަލެއްގެ ގޮތުގައި ހުޅުވުނު ޖޭ ހޮޓެލްއަކީ ދުނިޔޭގެ އެންމެ އުސް ލަގްޒަރީ ހޮޓަލެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.