ރާއްޖޭގައި ރިސޯޓު ހިންގުމަށް 9 ފަރާތަކުން 7 ރަށަކަށް 13 ބީލަން ހުށަހަޅައިފި

ރާއްޖޭގައި ރިސޯޓު ހިންގުމަށް 9 ފަރާތަކުން ތަފާތު 7 ރަށަކަށް 13 ބީލަން ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ބީލަން ހުށަހެޅުން ކުރިއަށް ގެންގޮސްފައި ވަނީ މި ޖޫން މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

އިޝްތިހާރު Below Header ad

އެ ރަށްތަކަށް ބީލަން ހުށަހަޅަން ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް ހުޅުވައިލިއިރު، ބީލަން ހުށަހެޅުން ކުރިއަށް ގެންދިޔައީ އިއްޔެ އެވެ. އަދި 18 ބީލަން ފޮތް ގަނެފައިވާއިރު، ނުވަ ފަރާތަކުން ތަފާތު ހަތް ރަށަކަށް 13 ބީލަން ހުށަހެޅި ކަމަށް ވެސް ބުނެފައި ވެއެވެ.

“ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން ކޮސްޓްގެ ފަރަގު މިނިމަމް ލީޒް އެކުއިޒިޝަން ކޮސްޓްގެ 140 ޕަސެންޓަށް ވުރެ ބޮޑު.” ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން މީގެކުރިން ވަނީ މިވަގުތުގެ އިންވެސްޓުކުރުމުގެ މާހައުލަށް ރިއާޔަތް ކުރުމަށްފަހު، އެ ރަށްރަކުގެ އެކުއިޒިޝަން އަގުވެސް ކުޑަކޮށްފަ އެވެ. އަގު ކުޑަކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނެފައި ވަނީ މި އަހަރު ވެގެންދާނީ ފަތުރުވެރިކަމުގައި އިންވެސްޓްމެންޓުގެ އަހަރަކަށް ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި ރިސޯޓު ހަދަން ރަށްތައް ހުޅުވާލައިގެން ދައުލަތަށް އާމްދަނީގެ ގޮތުގައި 608.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތްނަމަވެސް ރިސޯޓު ހަދަން ހުޅުވާލި ރަށްރަށުގެ އެކުއިޒިޝަން ކޮސްޓު ކުޑަ ކުރުމުން އާމްދަނީއަށް އޭގެ އަސަރު ކުރާނެ އެވެ.

ރިސޯޓް ތަރައްގީކުރުމަށް މިހާތަނަށް ބީލަން ހުށަހަޅާފައިވާ ރަށްތަކަކީ ހއ. ވެލިފިނޮޅު، މ. ސީދިހުރާ އާާއެކު ސީދިހުރާ ވެލިގަނޑު، ތ. ކާއްޑޫ، ތ. އޮޅުފުށި، އޮޅުފުށި ފިނޮޅާއެެކު އަދި ލ. ބޮޑުމުންނަފުށި އާއި ގއ. ފުނަދޫވިލިގިއްޔާ ގދ. ކަނޑަހަލަގަލާ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.