ރައީސް ނަޝީދު ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ، ބުންޑެސްޓާގްގެ ރައީސް މރ. ވުއަލްފްގަންގް ޝުއައިބުލައާ ބައްދަލުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ރައީސް ނަޝީދު ޖަރުމަނުވިލާތުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވި ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ޖަރުމަނުވިލާތުގެ އިންސްޓިޓިއުޓެއް ކަމަށްވާ ޕްލޭންކް ފައުންޑޭޝަން ފޯރ އިންޓަރނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ތަމްރީނު ޕްރޮގްރާމްތައް ފާހަގަކުރައްވައި ނަޝީދު ވަނީ އެކަމަށް ޝުކުރުއަދާކުރައްވާފައި ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

ރައީސް ނަޝީދު، ޖަރމަނުގައި ހުންނެވީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އިތުރު ފަރުވާ ހޯއްދެވުމަށެވެ.

މެއި މަހުގެ 06 ވަނަ ދުވަހު ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު ޖަރުމަންވިލާތައް ވަޑައިގެންނެވީ ޖޫން 13 ވަނަ ދުވަހު އެވެ.

ރައީސް ނަޝީދުގެ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލިބިފައިވާ އަނިޔާތައް ވަރަށް ގިނަ ކަމަށާއި އެހެންނަމަވެސް މަސައްކަތް ކުރަނީ މާތްﷲ ގެ ރަހުމަތްފުޅާއެކު އަނިޔާތަކުން އަރައިގަނެ، ހެޔޮ ހާލުގައި ރާއްޖެ ދިއުމަށް ކަމަށެވެ.

ނަމަވެސް އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދިވިދާޅެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.