މިއަދު ޕޮޒިޓިވް ވީ 212 މީހުން!
ރާއްޖެއިން ކޯވިޑް-19އަށް އިތުރު 212 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަޙައްދުން 52 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން 157 މީހުން ކަމަށެވެ. އަދި ރިސޯޓުތަކުން 2 މީހުންނާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށަކުން އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ބުންޏެވެ.
މިއަދުގެ ޢަދަދާއެކު ރާއްޖެއިން މިހައިތަނަށް 72،678 މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފަ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުގައި 4262 އެކްޓިވް ކޭސް ހުރި އިރު، ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާދެމުން އަންނަނީ 38 މީހަކަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 311 މީހުން މި ބަލިން ރަނގަޅުވެފައި ވެއެވެ.
އެހެންކަމުން ރާއްޖެއިން 68،197 މީހުން ވަނީ ކޮވިޑު ބަލިން ރަނގަޅުވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/TwOOIlpnKl
— Health Protection Agency (@HPA_MV) June 24, 2021
ކޮވިޑުގައި ރާއްޖެއިން 208 ނިޔާވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 190 ދިވެހިންނާއި 18 ބިދޭސީން ނެވެ.