ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ ކަންބޮޑުވާ ކަމެއް، މީޑިއާތަކަށް ބިރު ދެއްކުން ހުއްޓާލާ: އެމްއެމްސީ

އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން މިހެން ބުނީ 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ ރިޕޯޓުކުރި ގޮތް ގޯސް ކަމަށް ބުނެ އޮންލައިން ނޫސް “އަވަސް” ޖޫރިމަނާ ކުރި މައްސަލައިގައި ނެރުނު ނޫސް ބަޔާނުގަ އެވެ.

އިޝްތިހާރު Below Header ad

އެމްއެމްސީގެ ނޫސްބަޔާނުގައި ބުނެފައިވަނީ މީޑިއާގައި ޝާއިއުކުރާ ޝާއިއުކުރުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިޚްތިސާސް ލިބިގެންވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމަށެވެ. އަދި މި މައްސަލަ ޗައިލްޑް ޕްރޮޓެކްޝަން ސަރވިސަސްއިން ބަލާ، ހައްލަކީ ޖޫރިމަނާ ކަމަށް ނުދެކޭ ކަމަށެވެ.

މީގެ އިތުރުން ގާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ އެ ކައުންސިލަށް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ގާނޫނާ ޚިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ، އެ ކައުންސިލުން ކުރަންޖެހޭކަމެއްކަމުގައި ދެކޭ ކަމަށާއި އެމްއެމްސީން ގަބޫލު ކުރާ ގޮތުގައި އަވަސް ޖޫރިމަނާ ކޮށްފައިވަނީ ނަސޭހަތް ދިނުމެއް ނެތި ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެން ކަމުން އެއީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި އިޖުރާއަތުން ބޭރުން، އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކުން ކުރެވިދާނެކަމެއްކަމުގައި ގަބޫލު ނުކުރާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެމްއެމްސީން ބުނީ މިފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުންކަމުގައިވެސް ނުދެކޭ ކަމަށެވެ. އަދި މިބީދައިން މީޑިއާތައް ޖޫރިމަނާކޮށް އަދަބުދިނުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލުކުރަމުންދަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެކަމެއް ކަމަށެވެ.

އެކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ކައުންސިލުން ޚަބަރުތައް މޮނީޓަރ ކުރަމުންދިޔަ ކަން ފާހަގަކޮށް، އެމްއެމްސީން ބުނީ އެ ޚަބަރުތަކުގައި ހިމެނޭ ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ހުރި ކަންކަން ދެނެގަތުމަށް އެސެސްމެންޓެއް ހެދުމަށް ނިންމައި އެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން މީޑިއާތަކަށް ބިރު ދެއްކުން ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ގޮވާލާފަ އެވެ.

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި ޚަބަރާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ވަނީ “އަދަދު”، “ވަން”، އަދި “ވަގުތު” ނޫހަށް ނަސޭހަތްތެރިވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.