އެއްމާބަނޑު 10 ކުދިން ވިހައިގެން ދުނިޔޭގެ ރެކޯޑު ހެދި ކަމަށް ބުނެ ކުޅުނު ޑްރާމާ ފަޅާ އަރައިފި

ސައުތް އެފްރިކާ އަންހެނަކު އެއްމާބަނޑު 10 ކުދިން ލިބިގެން ދުނިޔޭގެ ރެކޯޑު ހަދައިފި ކަމަށް ބުނެ ކުޅުނު ޑްރާމާ ފަޅާ އަރައިފި އެވެ.

އެމީހާ ވިހެއި ކަމަށް ބުނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެކަން ބޮޑުކޮށްލައިގެން ބައިނަލްއަގުވާމީ މީޑިއާ އާއި ހިސާބަށް ހަބަރުތައް ފޮނުވީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.

އިޝްތިހާރު Below Header ad

ގޮސިއާމާ ތަމާރާ ކިޔާ އެމީހާގެ ފިރިމީހާ ބުނެފައިވަނީ ލިބިފައިވަނީ ހަތް ފިރިހެން ކުދިންނާއި ތިން އަންހެން ކުދިން ކަމަށެވެ. އަދި އޭގެ ތެރެއިން ފަސް ކުދިން ވިހޭއިރު އަނެއް ފަސް ކުދިން ނެގީ ސިޒޭރިއަން ހައްދައިގެން ކަމަށް ބުނެފައިވެ އެވެ.

އެކަންތައް ފަޅާއެރީ ވިހައިގެން ހަފްތާއެއް ވީއިރުވެސް އަންހެން މީހާ ވިހޭ ހޮސްޕިޓަލުގެ ނަން އެ ފިރިހެން މީހާ އެކަން ފުރަތަމަ ހާމަ ކުރި ނޫހަށް ބުނެދޭން ދެކޮޅު ހެދުމުންނެވެ. އޭގެ ކުރިން އެ ނޫހުގެ އިތުރުން ބައިނަލް އަގުވާމީ މީޑިއާގައި އެ ވާހަކަ ޖެހުމަށް ބާރަކަށް ވީ ހާދިސާ ހިނގި ސައުތް އެފްރިކާގެ ގައުޓެންގް ޕްރޮވިންސްގެ މޭޔަރު އެކަން ޔަގީން ކޮށްދިނުމުންނެވެ.

ފަޅާއެރުމުން އެކަން ފުރަތަމަ ހާމަ ކުރި ސައުތް އެފްރިކާގެ ނޫހުން ބުނެފައިވަނީ ގޮސިއާމާ ވިހޭ ވާހަކަ ނޫސްވެރިޔާ ގާތު އޭނާގެ ފިރިމީހާ ބުނުމުން ކުދިން ފެނިއްޖެ ތޯ އެހުމުން ބުނެފައިވަނީ ކޮރޯނާ ވައިރަސް އުޅޭތޯ އޭނާ ހޮސްޕިޓަލަށް ނުވައްދާ ކަމަށެވެ. އެވާހަކަ ގަބޫލު ކުރީ ދުވަސްވަރުގެ ހާލަތުން ކަމަށް ބުނެފައިވެ އެވެ.

އަދި އެ ޕްރޮވިންސްގެ މޭޔަރު ބުނެފައިވަނީ އެމީހާ ވިހޭކަން އޭނާ ބައިނަލްއަގުވާމީ މީޑިއާގައި ކަށަވަރުކޮށްދިނީ އަމިއްލައަށް އެކަން ކަށަވަރުކޮށް ނުވަތަ ސިއްހީ އިދާރާތަކުން މައުލޫމާތު ހޯދައިގެން ނޫން ކަމަށެވެ. މޭޔަރު ބުނީ އޭނާވެސް ބުރަވީ އާއިލާއިން ބުނި ވާހަކައަށް ކަމަށެވެ.

މި މައްސަލަ އިތުރަށް ބެލުމުން އެނގުނީ އެދެމަފިރިން މިދިޔަ ޑިސެމްބަރުން ފެށިގެން އެމީހުން އުޅޭ ސަރަހައްދުގައި އަޑުއަރުވާފައި އޮތީ ބަލިވެ އިނދެގެން އުޅެނީ އަށް ކުދިންނަށް ކަމަށެވެ. އަދި 10 ކުދިންކަން އެނގުނީ ކުއްލިއަކަށް ވިހޭ ވަގުތު ކަމަށް ބުނެފައިވެ އެވެ.

އެ ޕްރޮވިންސްގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ގުޅިގެން ދެމަފިރިގެން ދޮގު ފަޅާ އެރުމުން އެ އަންހެން މީހާ ގަދަކަމުން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ކުރި އިރު އެމީހާ މިފަހުން ބަލިވެ އިނދެފައި ނުވާކަން ވަނީ ކަށަވަރުވެފައި އެވެ. އެހެންވެ އެމީހާ އެވާހަކަ ފެތުރީ ސިކުނޑީގެ އުނިކަމެއް ހުރެގެންތޯ ބެލުމަށް ނަފްސާނީ ބަލިތަކުގެ ހޮސްޕިޓަލެއްގައި ވަނީ އެޑްމިޓްކޮށްފައި އެވެ.

އެދެމަފިރިންނަށް 10 ދަރިން ލިބިގެން އެއް މިލިއަން ޑޮލަރަށްވުރެ ގިނައިން އެމީހުންނަށް ލިބުނު ކަމަށްވެ އެވެ. އެހެންވެ މިއީ ފައިސާ ހޯދުމަށް އެމީހުން ކުރި ކަމެއްގެ ގޮތުގައި މިހާރު ވަނީ ގަބޫލު ކޮށްފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.