އެވިޑް ސްކޫލް އޮފް އޭވިއޭޝަން އުފައްދާ، އޭއޭއޭ ހިންގުން އެ ކޮލެޖުގެ ދަށަށް ބަދަލު ކޮށްފި

އައްޑުސީޓިގައި އޭއޭއޭ ގެ ފަރާތުން ފްލައިންގ ސްކޫލު ހިންގުން އެވިޑު ކޮލެޖުގެ ދަށަށް ބަދަލުކޮށްފި އެެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި “އެވިޑް ސްކޫލް އޮފް އޭވިއޭޝަން” (އަސާ) އުފައްދާ އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

އިޝްތިހާރު Below Header ad

މި އެއްބަސްވުމުގެ ދަށުން ދަރިވަރުންނަށް ދޭ ހުރިހާ ޚިދުމަތެއް އެވިޑު ކޮލެޖުން ކުރާގޮތަށް ނިންމާފައިވާ އިރު، އޭއޭއޭ ގެ ހުރިހައި މުދަލާއި ތަކެތި ވަނީ އެވިޑުގެ ނަމަށް ބަދަލު ވެފަ އެވެ.

އެވިޑު ކޮލެޖުން މުޅިން އަލަށް އުފެއްދި މި އޭވިއޭޝަން ސްކޫލާއި ބެހޭގޮތުން އެ ކޮލެޖްގެ ޗެއަރމަން އަބްދުﷲ މުސްތާގް ރަޝާދު ވިދާޅުވީ ހާލަތުގެ ގޮތުން އެ ސްކޫލުގެ އުދުހުންތައް ފެށޭވަރުވާނީ ސެޕްޓެމްބަރ މަހު ކަމަށެވެ.

އެޓޯލް ނިއުސް އިން ކުރި ސަުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެ ސްކޫލަށް ބޭނުންވާ އިންސްޓްރަކްޓަރުން ހޯދުމަށް ސްރީލަންކާގެ ބައެއް ފަރާތްތަކާ އިންޓަރވިއު ކޮށްފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ވާނީ ސްރީލަންކާގެ ބައެއް ފަރާތްތަކާ އިންޓަރވިއު ކޮށްފަ. އެކަމަކު ކޮވިޑުގެ ހާލަތުގެ ސަބަބުން އެމީހުން ރާއްޖެ ގެނައުމަސް އެބަހުރި ދަތިތަކެއް. ދަރިވަރުން ހިތްހަމައެއް ނުޖެހިގެން އުޅެނީ އޭއޭއޭ ގައި ކުރިން ތިބި އިންސްޓްރަކްޓަރުންގެ ތެރެއިން އެންމެންނަކާ ނޫން.” މުސްތާގު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެވިޑު ކޮލެޖުގެ މެނޭޖުމެންޓު ތަފާތުވާނެ ކަމަށާއި ދަރިވަރުންނަށް ދެރަވާނެ ގޮތެއް ނުހަދާނެ ކަމަށެވެ. އަދި ދަރިވަރުންގެ އަޑު އަހާނެ ކަމަށެވެ.

މުސްތާގު ވިދާޅުވީ ކިރިޔާ ވެސް ފުރުސަތެއް ލިބުމުން އިންޓަރވިއު ކޮށްފައިވާ މީހުން ގެންނާނެ ކަމަށާއި “އަސާ” އިން ދަރިވަރުންގެ މުސްތަގުބަލަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.