އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ތަމްރީނުތަކެއް މި މަހު 26 ގަ ބާއްވަނީ!
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ތަމްރީނުތަކެއް މި މަހު 26 ގަ ބާއްވަން ނިންމައިފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ތަމްރީންތައް ކުރިޔަށް ގެންދާނީ އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ކަމަށެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އެކި ސަރަހައްދުތަކުގައި މި ތަމްރީނުތައް ކުރިއަށް ގެންދާނީ އެދުވަހު މެންދުރު 1:00 ން ހަވީރު 4:00 އަށް ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފް އިން މީގެ ކުރިން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކަށް އަމާޒުކޮށްގެންވެސް ޓްރެއިނިންގ ކުރިޔަށް ގެންގޮސްފަ އެވެ.