ހަކަތައިގެ ދާއިރާއަށް ޚާއްސަކޮށްގެން ބޭއްވި އެނަރޖީ އިންވެސްޓަރ ކޮންފަރެންސް ނިންމާލައިފި

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ވަރލްޑް ބޭންކާއި އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސާއި ގުޅިގެން ވާރޗުއަލްކޮށް ބޭއްވި އިންވެސްޓަރ ކޮންފަރެންސް ނިންމާލައިފި އެވެ.

މި ކޮންފަރެންސް އޮތީ މިއަދު ރާއްޖެ ގަޑިން ހަވީރު 04 އިން 07 އަށެވެ.

އިޝްތިހާރު Below Header ad

މި ކޮންފަރެންސްގައި 100 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހަކަތައިގެ ދާއިރާގައި ފާހަގަކޮށްލެވޭ އިންވެސްޓަރުން ހިމެނެ އެވެ.

މި ކޮންފަރެންސް 2030 ވަނަ އަހަރު ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ވުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި އަމާޒުހިފާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވަލައިވައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ކޮންފަރެންސް ފެށުމުގެ ގޮތުން ތަގްރީރުކުރައްވާފަ އެވެ.

މި ކޮންފަރެންސް ފެށުމުގެ ގޮތުން ޚާއްސަ މެހެމާނުންގެ ގޮތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަދި އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރ ފައްޔާޒް އިސްމާއިލް ބައިވެރިވެ ތަގްރީރުކުރެއްވި އެވެ. އަދި މި ކޮންފަރެންސްގައި ސީޝެލްސްގެ އެންވަޔަރަންމަންޓް މިނިސްޓަރ ފެލވިއަން ޖޯއުބާރޓް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮންފަރެންސްގައި މިހާރުވެސް ވަރލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނަރޖީ – އެސްޕަޔަރ ޕްރޮޖެކްޓް އަދި އެކްސަލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ –  އެރައިސް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކުރާ ސޯލަރ ހަކަތައިގެ ނިޒާމުތަކާއި ބެހޭ މައުލޫމާތު ދިނުމަށް ސެޝަންއެއް ކުރިއަށްގެންދިޔަ އެވެ.

ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ އިން ވެސް މި ކޮންފަރެންސަގައި ބައިވެރިވެ ސެޝަންއެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ކުދި ގައުމުތަކުގެ ކުރިއެރުމަށް ހަކަތައިގެ ދާއިރާގެ މުޙިއްމު ކަމާއި ގުޅޭ ޚާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކޮންފަރެންސަގައި ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން އެޕެނަލްގައި އިންޓަރނޭޝަނަލް ރިނުއިއުވަބަލް އެނަރޖީ އޭޖެންސީ – އައިރީނާ އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް – އޭއައިއައިބީ އާއި އިންޓަނޭޝަނަލް ސޯލަރ އެލަޔަންސް – އައިސާއިން ބައިވެރިވި އެވެ.

ހަމައެޔާއެކު އިންވެސްޓަރުންގެ ހުރި ބައެއް ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ސުވާލާއި ޖަވާބު ސެޝަންއެވެސް ވެސް ކުރިއަށް ގެންދެވުނެވެ.

މި ސުވާލާއި ޖަވާބު ޕެނަލްގައި މިނިސްޓްރީ އޮފް ފިނޭންސް އަދި އިކޮނޮމިކް ޑިވެލޮޕްމްންޓް މިނިސްޓަރީގެ އިތުރުން އެމްއެމްއޭވެސް ވަނީ ބައިވެރިވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.