ލޯބިވެރިޔާއަށް އައިފޯނެއް ގަނެދޭން އެހީއަށް އެދުނު މީހާއަށް ސޯނޫ ސޫދު ދިން ޖަވާބު

އިންޑިޔާގައި ކޮރޯނާ ވައިރަސްގެ ފުރަތަމަ ރާޅާއެކު މީހުންނަށް އެހީތެރިވުމަށް ދަރުމަވެރިއެއްގެ ހައިސިއްޔަތުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސޯނޫ ސޫދު ކޮށްދީފައިވާ ގިނަގުނަ މަސައްކަތްތަކުގެ ސަބަބުން އިންޑިޔާގެ ގިނަބައެއްގެ ލޯތްބާއި ތަރުހީބު އޭނާއަށް ވެނީ އިންތިހާއަށް އިތުރު ވެފައެވެ. އަދި އެތައް ބައެއްގެ ހިތުގައި އޭނާއަށް ބަތަލެއްގެ ދަރަޖަ ވަނީ ދީފައެވެ. އެހީތެރިކަމަށް އެދި ސޯނޫގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށް އެކި މީހުން ފޮނުވާ މެސެޖުތައް އޭނާ ޤަވާއިދުން ބަލައި، އެމެސުޖުތަކަށް ޖަވާބުވެސް ދެއެވެ.

އެހެންނަމަވެސް ދާދިފަހުން އެހީއަށް އެދި ސޯނޫގެ ޓްވިޓަރ އަށް ވަރަށް ތަފާތު މެސެޖުތަކެއް ވަނީ އައިސްފައެވެ. އޭގެން އެއް މެސެޖެއްގައި މީހަކު އޭނާގެ ލޯބިވެރިޔާއަށް އައިފޯނެއް ހަދިޔާކުރަން ބޭނުންވާތީ ސޯނޫގެ ކިބައިން އެހީތެރިކަމަށް އެދިފައިވާއިރު، ވަގުތުން ހިނގަމުންދިޔަ ކްރިކެޓު މެޗެއްގެ ނަތީޖާ ބަދަލު ކޮށްދިނުމަށް ވެސް މީހަކު ވަނީ އެދިފައެވެ.

އިޝްތިހާރު Below Header ad

ސޯނޫއަށް ޓެގްކޮށް ޓްވިޓާގައި އެކަކު ބުނެފައި ވަނީ، އޭނާގެ ލޯބިވެރިޔާ އައިފޯނެއް ހޯދައިދިނުމަށް އެދޭކަމަށާއި އެކަމަށް އެހީތެރިކަމެއް ދެވެން އެބައޮތްތޯ ސުވާލު ކޮށްފައިއެވެ. ހިންދީ ބަހުން ކޮށްފައިވާ މި ޓްވީޓަށް ޖަވާބު ދެމުން ސޯނޫ ބުނެފައި ވަނީ، ލޯބިވެރިޔާއާއި ބެހޭގޮތުން ބުނަން ނޭނގޭ ކަމަށާއި އެހެންނަމަވެސް އޭނާ އައިފޯނެއް ގަނެދީފިނަމަ ކަލޭއަށް އެއްވެސް އެއްޗެއް ނުލިބޭނެ ކަމަށެވެ.

ދެވަނަ ޓްވީޓްގައި އިންޑިޔާއާއި ދެކޮޅަށް ކުޅެމުން ދިޔަ ކްރިކެޓް މެޗެއްގެ ނަތީޖާ ބަދަލު ކޮށްދިނުމަށް އެދި ޓްވީޓް ކުރި މީހަކު އެދިފައި ވަނީ ނިއު ޒިލެންޑްގެ ސްކިޕަރ ކޭން ވިލިއަމްސަން ބޭރު ކޮށްދިނުމަށެވެ. ޖަވާބުގައި ސޯނޫ ބުނެފައި ވަނީ، އިންޑިޔާ ޓީމުގައި ތިބީ ވަރަށްވެސް ވަރުގަދަ ކުޅުންތެރިން ކަމަށާއި ، އެމީހުން ކޭން ވިލިއަމްސް ރަށަށް ފޮނުވާލާނެ ކަމަށެވެ. އެމެޗުން އިންޑިޔާ މޮޅުވެ ނިއު ޒިލެންޑް ވަނީ މުބާރާތުން ކަޓާފައެވެ.

މިޓްވީޓްތަކަށް ސޯނޫ ދީފައިވާ ރައްދުތަކަށް ގިނަ ބައެއްގެ ޝަރުގުވެރިކަން ވަނީ ލިބިފައެވެ. ޓްވީޓަށް ކޮމެންޓު ކުރަމުން އެކަކު ބުނެފައި ވަނީ، ސޯނޫ އެމީހާއަށް އައިފޯނެއް ދިން ނަމަވެސް އަދިވެސް އިތުރު އެއްޗެހި ހޯދައިދިނުމަށް އެދޭނެ ކަމަށެވެ.

ފާއިތުވި އަހަރު އިންޑިޔާގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމުން ސޯނޫ ސޫދު ވަނީ މާސްކު އަޅައިގެން މަގުމައްޗަށް ނިކުމެ މުމްބާއި ދޫކޮށް ދާން ބޭނުންވެފައި ތިބި އެތައް ބައިވަރު ފަގީރުންނަށް އެމީހުންގެ އަވަށްތަކަށް އެމީހުންގެ ގެއަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮވިޑްގެ ދެވަނަ ރާޅު ފެތުރެން ފެށުމުންވެސް ބަލިމީހުންނަށް ހޮސްޕިޓަލުން އެނދުތައް ހޯދައިދިނުމާއި އަދި ބޭނުންވާ ބޭހާއި އޮކްސިޖަން ހޯދައިދިނުމުގައި ސޯނޫ ސޫދު އުޅުނީ އެންމެ އިސް ސަފުގައެވެ.

ސޯނޫ ސޫދުގެ މިމަސައްކަތުގެ ސަބަބުން އިންޑިޔާގެ އެތައް ބައެއްގެ ތަރުހީބާއި ތައުރީފު ސޯނޫއަށް ވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އަޅުގަނޑުމެންގެ ރާއްޖޭގަ ތިބި މަހުޖަނުން ކޮންކަމެއް ކޮށްދިނީ، ނުވިތާކަށް އެމީހުންގެ ވަޒީފާތަކުގަ ތިބި ނިކަމެތި މުވައްޒަފުންވެސް ވަޒީފާއިން ވަކިކޮށް ފޮނިވާލީ ގެއަށް. ދުވަހަކު ހާލުގައި ނުޖެހޭ ވަރަށް ހާލުގައި ޖައްސާފައި، އެކަމު އަޅުގަނޑުމެން ވެސް މީ ސައްތައިން ސައްތަ މުސްލިމުން ކަމަށް ޤަބޫލުކޮށްގެން ތިބޭ ބައެއް. ހެޔޮ ނުވާނެއެއް ނުން މި ޒާތައް އުޅޭކަށް.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.