ޔޫރޯ 2020: (ގުރޫޕް އީ) ސްވިޑެން – ޕޮލެންޑް

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ ކުޅޭނީ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތަކެވެ. އެގޮތުން މިރޭ ގުރޫޕް ޑީގެ މެޗުތަކާއި ގުރޫޕް އެފްގެ މެޗުތައް ކުޅޭނެއެވެ. ގުރޫޕް ޑީގެ ދެމެޗު ވެސް ކުޅޭނީ އެއް ވަގުތެއްގައެވެ. އެގޮތުން ގުރޫޕް ޑީގެ މެޗުތައް މިރޭ ކުޅޭނީ ރާއްޖޭ ގަޑިން 9 ޖަހާއިރުގައެވެ.

މިރޭ ސްވިޑެން އަދި ޕޮލެންޑް ބައްދަލުކުރާއިރު، މި ދެ ޓީމަށްވެސް ދެވަނަބުރުގެ ފުރުސަތު އެބައޮތެވެ. އެހެން ކަމުން މިރޭގެ މި މެޗަކީ ދެޓީމަށްވެސް މުހިންމު މެޗެކެވެ. ގްރޫޕުގައި މި ދެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗަށް ބަލާއިރު ސްވިޑެން ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެހެން ކަމުން އެޓީމަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ޕޮލެންޑް އެޓީމުން ކުޅުނުދެމެޗުގެ ތެރެއިން އެއްމެޗުން ބަލިވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެހެންކަމުން މިރޭގެ މެޗުން މޮޅެއް ހޯދުން ޕޮލެންޑަށް މަޖުބޫރެވެ.

އިޝްތިހާރު Below Header ad

މި މެޗުގެ ހާލަތަށް ބަލާއިރު، ސްވިޑުން އަށް ޕޮލެންޑް މެޗް އެއްވަރުކޮށްލައިގެންވެސް ގުރޫޕުގެ އެއްވަނަ ނުވަތަ ދެވަނައިގައި އޮވެ ދެވަނަ ބުރަށް ދެވޭނެއެވެ. އަދި ސްވިޑުން ބަލިވި ނަމަވެސް 1-0 ގެ ނަތީޖާއިން ފިޔަވައި އެއްގޯލު ތަފާތެއް އަންނަ އެހެން ނަތީޖާއަކުން ބަލިވެ ގްރޫޕުގެ އަނެއް މެޗު އެއްވަރުވެގެން ނިމިއްޖެނަމަ ސްވިޑުން ކޮލިފައިވާނެއެވެ.

ސްވިޑުން އިން ޕޮލެންޑް ބަލިކޮށްފިނަމަ ނުވަތަ ދެމެޗުވެސް އެއްވަރުވެއްޖެނަމަ ސްވިޑުން އަށް ގްރޫޕުގެ އެއްވަނަ ލިބޭނެއެވެ. ސްވިޑުން އަށް މިހާރުވެސް ހަތަރު ޕޮއިންޓް ލިބިފައިވުމާއެކު ތިންވަނައިގައި އޮވެގެންވެސް ދެވަނަ ބުރަށް ދެވުމުގެ ފުރުސަތު އެޓީމަށް ވަރަށް ބޮޑެވެ.

މި ގްރޫޕުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ސްވިޑެން އެވެ. މި ގުރޫޕުގެ ދެވަނަ ލިބެނީ ސްލޮވާކިއާއަށެވެ. އެޓީމު ދެވަނާގައި އޮތީ ދެމެޗުން ލިބުނު ތިން ޕޮއިންޓާއި އެކުގައެވެ. ގުރޫޕުގެ ތިން ވަނަ ލިބެނީ ސްޕެއިން އަށެވެ. ސްޕެއިން އަށް މި ގުރޫޕުގެ ތިންވަނަ ލިބެނީ ކުޅުނު ދެމެޗުން ލިބުނު ދެ ޕޮއިންޓާއި އެކުގައެވެ. މި ގުރޫޕުގެ އެންމެ ފުލުގައި ކުޅުނު ދެމެޗުން ލިބުނު އެއް ޕޮއިންޓާއި އެކު އޮތީ ޕޮލެންޑްއެވެ. އެހެން ކަމުން މިރޭގެ މި މެޗަކީ ދެވަނަ ބުރަށް ދިއުމަށް ދެ ޓީމަށްވެސް މުހިއްމު މެޗެކެވެ.

ސްވިޑެން އަދި ޕޮލެންޑްގެ ތާރީޚީ ބައްދަލުކުރުންތައް

ސްވިޑެން އަދި ޕޯލެންޑް މިހާތަނަށް 24 ފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭގެތެރެއިން ސްވިޑެން 14 ފަހަރު މޮޅުވެފައިވާއިރު، ޕޮލެންޑް މޮޅުވެފައިވަނީ ހަތް ފަހަރުގައެވެ. އެއްވަރުވެފައިވަނީ ހަތަރު ފަހަރުއެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2004 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗުން 1-3 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ ސްވިޑެންއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.