މަހިބަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ތިބި މީހުންގެ ހާލު އެޗްއާރްސީއެމް އިން ބަލައިފި

އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ތިބި މީހުންގެ ހާލު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން ބަލައިފި އެެވެ.

އެޗްއާރްސީއެމް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މަހިބަދޫ ޕޮލިސް ސްޓޭޝަނަށް މޮނީޓަރިން އަށް ގޮސްފައިވާ ކަމަށާއި މިއީ އެރަށުގައި ހުންނަ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ތިބި މީހުންނާ މެދު އަމަލު ކުރެވޭގޮތާއި ޕޮލިސް ސްޓޭޝަނުގެ އާއްމު ހާލަތު ބެލުމަށް ކުރި ދަތުރެއް ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން އެ ސްޓޭޝަނުގައި ބަންދުގައި ތިބި މީހުންނާމެދު އަނިޔާވެރި، ލާއިންސާނީ ދަށުދަރަޖައިގެ އަމަލެއް ހިންގާތޯ ބެލުމާއި އެފަދަ އަމަލަކަށް މަގުފަހިވެދާފަދަ ކަމެއް ހުރިތޯ ބެލުމަކީ ވެސް މި ދަތުރުގެ ބޭނުމެއް ކަމަށް ބުނެފައި ވެއެވެ.

އެޗްއާރްސީއެމުން ބުނީ ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ގާނޫނުއަސާސީ އާއި އެންޓި ޓޯޗަރ ގާނޫނާއި ގައުމީ އަދި ބައިނަލްއަގުވާމީ އެހެނިހެން މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ސްޓޭޝަނުގައި ޚިދުމަތްފޯރުކޮށްދޭތޯ ބަލާނެ ކަމަށެވެ.

މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި މިފަދަ މާހައުލެއްގައި މަސައްކަތްކުރާ އިރު ރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ލިބިދޭންޖެހޭ ރައްކާތެރިކަން ލިބިދޭތޯ އާއި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެއާއްމު ހާލަތު ދެނެގަނެ، މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަކީ ވެސް މި ޒިޔާރަތުގެ ބޭނުމެއް ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

“ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮވިޑްގެ ހާލަތުގައި މިފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބަންދުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެނެގަންނާނެ” އެޗްއާރްސީއެމް އިން ބުންޏެވެ.

HRCM 1

މި އިންސްޕެކްޝަންގައި އެ ކޮމިޝަން ދެ މެންބަރުންނާއެކު، ތިން ދުވަހުގެ މުއްދަތަށް އެންޕީއެމްގެ ޓީމަކުން ބައިވެރިވާނެ އެވެ. މި އިންސްޕެކްޝަނުގައި ފާހަގަކުރެވޭ ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް މަހިބަދޫ ޕޮލިސް ސްޓޭޝަނާ ހިއްސާކުރުމާއި މި އިންސްޕެކްޝަންގެ ރިޕޯޓު ފުލުހުންނަށާއި އެހެނިހެން އިދާރާތަކަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް އެޗްއާރްސީއެމުން ބުންޏެވެ.

މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް އިން 2015 ވަނަ އަހަރު ވެސް ވަނީ ޒިޔާރަތްކޮށް އިންސްޕެކްޓްކޮށްފަ އެވެ.

އެގޮތުން އެފަހަރު އިސްލާހު ކުރަންޖެހޭ 17 ހުށަހެޅުމެއް ކަމާގުޅޭ އިދާރާއަށް ވަނީ ހުށަހަޅައިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.