ހާލުގައި ޖެހިގެން މާލޭ ފަޅަށް ޔޮޓެއް ވަދެއްޖެ
ހާލުގައި ޖެހިގެން މާލޭ ފަޅަށް ޔޮޓެއް ވަދެއްޖެ އެވެ.
ފުލުހުން ބުނީ މާލެ ނަސަންދުރަ އާ ދިމާ ފަޅުތެރެއަށް އެ ޔޮޓު ވަދެފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު 17:00 ހާއިރު ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފް ކޯސްޑްގާޑުގެ ބެލުމުގެ ދަށުން މި ޔޮޓް ހުޅުމާލެއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިކަމުގެ އިތުރު އެއްވެސް މައުލޫމާތެއް އެއްވެސް އިދާރާއަކުން އަދިހާމައެއް ނުކުރެ އެވެ.