ވޯޓަރ ސޭފްޓީ ޕްލޭން އާއި ސެނިޓޭޝަން ސޭފްޓީ ޕްލޭން ތައްޔާރު ކުރުމަށް ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ގަވާއިދު ނަންބަރ 2021/R-23 (ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާބެހޭ އާންމު ގަވާއިދު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަށު ކައުންސިލުތަކުން ތައްޔާރުކުރަންޖެހޭ ” ވޯޓަރ ސޭފްޓީ ޕްލޭން” އާއި، “ސެނިޓޭޝަން ސޭފްޓީ ޕްލޭން” ހެދުމަށްޓަކައި ބޭނުންވާ ތަމްރީނު ޕްރޮގްރާމް މިއަދު އޮންލައިންކޮށް ފަށައިފިއެވެ.

މިޓްރެއިނިންގ ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތު ފުރިހަމަކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ދަ އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަހްމަދު މުޖްތަބާ އެވެ.

އިޝްތިހާރު Below Header ad

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ދަ އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަހްމަދު މުޖްތަބާގެ އިތުރުން ވަރލްޑް ހެލްތް އޯގަނައިޒޭޝަންއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓޭޓިވް، ޑރ. ނަޒްނީން އަންވަރު ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް ޚިދުމަތް ދެމުންދާ ރައްތަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، “ވޯޓަރ ސޭފްޓީ ޕްލޭން” އާއި، “ސެނިޓޭޝަން ސޭފްޓީ ޕްލޭން” ތައްޔާރުކޮށް ތަންފީޒުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިތަމްރީން ޕްރޮގްރާމް ކުރިއަށް ދާނީ ފަސް ދުވަހުގެ މުއްދަތަކަށް ބަހައިލައިގެން ނެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާއި ގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މިތަމްރީނު ޕްރޮގްރާމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ފެނާއި ނަރުދަމާ ޚިދުމަތްދޭ ކުންފުނިތައް، ސިޓީ އަދި އަތޮޅު ކައުންސިލުތަކުގެ ކަމާގުޅޭ މުވައްޒަފުން ބައިވެރިވާ ގޮތަށް ހަމަޖެހިފައި ވެއެވެ.

މިއަދު މި ފެށިގެން ދިޔަ ” ވޯޓަރ ސޭފްޓީ ޕްލޭން” އާއި، “ސެނިޓޭޝަން ސޭފްޓީ ޕްލޭން” ތައްޔާރުކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމަކީ މި ދާއިރާ ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ހުޅުވާލެވިގެން ދިޔަ އިތުރު ދޮރެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.