އިންޑިއާގައި މިއަދު ރެކޯޑު އަދަދަކަށް މީހުންނަށް ކޯވިޑް ވެކްސިން ދީފި

އިންޑިއާގައި މިއަދު އަށް މިލިއަން މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ.

މިއީ އެއް ދުވަހާ މިހާ ގިނަ މީހުންނަށް ކޯވިޑް ވެކްސިން އެ ގައުމުގައި ދިން ދުވަހެވެ. މިއަދު ގިނަ ބަޔަކަށް ވެކްސިން ދީފައި މިވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާނުކޮށްފައިވާ ހިލޭ ވެކްސިން ޕްރޮގްރާމްގެ ދަށުންނެވެ.

އިޝްތިހާރު Below Header ad

އެ ޕްރޮގްރާމް ފަށާފައި ވަނީ މިއަދު އެވެ. މޯދީ މިމަހު ކުރީ ކޮޅު ގައުމާ މުހާތަބު ކުރައްވާ ވިދާޅުވެފައިވަނީ މިއަދުން ފެށިގެން އިންޑިއާގ ެ18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ސަރުކާރުން ހިލޭ ކޯވިޑް ވެކްސިން ޖަހައިދޭނެ ކަމަށެވެ.

އެގޮތުން ސަރުކާރާއި އަމިއްލަ ހޮސްޕިޓަލްތަކުންވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައި އެވެ. އަމިއްލަ ހޮސްޕިޓަލްތަކުން ހިދުމަތުގެ ފީގެ ގޮތުގައި ގިނަވެގެން ނެގޭނީ 150 ރުފީސް ކަމަށް ކަނޑައަޅާފައިވެ އެވެ.

ދުނިޔޭގެ ބާޒާރަށް އެންމެ ގިނަ ވެކްސިން އުފައްދައި ނެރޭ އިންޑިއާ ސަރުކާރުން ނިންމާފައިވަނީ އެ ގައުމުގެ ކުންފުނިތަކުން އުފައްދާ ކޯވިޑް-19 ވެކްސިންގެ 75 ޕަސެންޓު ސަރުކާރުން އަދި 25 ޕަސެންޓު އަމިއްލަ ހޮސްޕިޓަލްތަކުން ގަންނާށެވެ. އަދި ކޯވިޑް ކޮންޓްރޯލް ކުރުމަށް ގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަކީ އަމާޒެވެ.

އިންޑިއާގައި މިހާތަނަށް ކޯވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒު ދެވިފައިވަނީ އާބާދީގެ އެންމެ ފަސް ޕަސެންޓަށެވެ.

އެ ގައުމުން މިހާތަނަށް ކޯވިޑް-19 އަށް 29.9 މިލިއަން މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 388 ހާސް މީހުން ވަނީ ބަލީގައި މަރުވެފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.