ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ހަމަޖައްސަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ޚާއްސަ ކޮށްފައިވާ ރަސްމީ ތަނެއް ހަމަޖެއްސުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ދައުލަތުން އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުން ނެވެ.

އިޝްތިހާރު Below Header ad

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް، އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި އިސްލާހު ފާސްވީ ވެސް ވޯޓުގައި ބައިވެރިވެވަޑައިގެން 56 މެންބަރުންގެ އިއްތިފާގުން ނެވެ.

ވަކިވަކިން ހުށަހަޅާފައިވާ މި ދެ ބިލްގައިވާ ގޮތުން އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރު ކޮށްދޭން ޖެހޭނީ އެމްއެންޑީއެފުންނެވެ. އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް މިހާރު ވެސް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދެނީ ސިފައިން ނެވެ.

އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ޚަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ ބިލްގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ.

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލާގެ ގޮތުގައި ބިލްގައި ބަލާފައިވަނީ އެ ބޭފުޅެއްގެ އަނބިކަނބަލުން ނޫނީ ފިރިކަލުންނާއި، މަންމަ އާއި ބައްޕަ އަދި 18 އަހަރު ނުފުރޭ ދަރިން ނެވެ. އަށާރަ އަހަރުން މަތީގެ ދަރިންގެ ތެރެއިން ކައިވެނިކޮށްގެން ނޫޅޭ ދަރިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ދަރިން ވެސް އާއިލާގެ ތެރޭގައި ވަނީ ހިމަނާފަ އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއަށް ފަހު، ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދެމުންދާ ދައުލަތުގެ އިސް ބޭފުޅުންގެ ސަލާމަތާ ރައްކާތެރިކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން ނެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުންނަވައިގެން ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން މަޖީދީ މަގު ގައެވެ.

އެ ހަމަލާ ދިނުމުގެ އެތައް މަހެއް ކުރިން، އެ ގެ ހުންނަ ނީލޯފަރު މަގު ހަނިކަމުން ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދޭން ދަތިކަމަށް އެމްއެންޑީއެފުން ބުނެފައިވާކަން ހާމަވުމާ އެކު ފާޑުކިޔުންތައް ވަނީ އިތުރުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.