ޔޫރޯ 2020: ނެދަލެންޑްސްއާއި އޮސްޓްރިއާ ގަދަ 16 އަށް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ނެދަލެންޑްސް އަދި ދެވަނަ ދެވަނަ ޓީމުގެ ގޮތުގައި އޮސްޓްރިއާ މުބާރާތުގެ ގަދަ 16 ވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

ނެދަލެންޑްސް ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ. މިރޭ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނެދަލެންޑްސް ބައްދަލުކުރީ ނޯތް މެސެޑޯނިއާ އާއެވެ. މިމެޗު 0-3 ގެ ނަތީޖާއިން ކާމިޔާބު ކުރީ ނެދަލެންޑްސްއެވެ.

އިޝްތިހާރު Below Header ad

އޮސްޓްރިއާ މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 ވަނަ ބުރަށް ދަތުރުކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެގެންނެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ އޮސްޓްރިއާ މޮޅުވީ ޔޫކްރެއިންނާއި ވާދަކޮށް 0-1 ގެ ނަތީޖާއިންނެވެ.

މި ގުރޫޕުގެ އެހެން ޓީމުތަކަށް ބަލާއިރު، ނޯތް މެސެޑޯނިއާ ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުންވެސް ބަލިވެ މުބާރާތުން ކަޓާފައެވެ. އަދި ޔޫކްރެއިން އަށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ހަނި ފުރުސަތެއް އެބައޮތެވެ. އެއީ ގުރޫޕުގެ ތިންވަނައަށް ދާ އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ގުރޫޕް ސީއަށް ބަލާއިރު، ކުޅުނު ތިންމެޗުން މޮޅުވެގެން 9 ޕޮއިންޓާއި އެކު އެއްވަނާގައި އޮތީ ނެދަލެނެޑްސްއެވެ. ދެވަނަގާގައި6 ޕޮއިންޓާއި އެކު އޮތީ އޮސްޓްރިއާ އެވެ. އަދި ތިންވަނާގައި ތިން ޕޮއިންޓާއި އެކު ޔޫކްރެއިން އޮތް އިރު، ގުރޫޕުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ނޯތް މެސެޑީނިއާއެވެ.

ދެވަނަބުރުގައި އޮސްޓްރިއާ ބައްދަލުކުރަން ޖެހޭ ޓީމަކީ އިޓަލީއެވެ. އަދި ނެދަލޭންޑްސް ބައްދަލުކުރަން ޖެހެނީ ތިންވަނައަށް ހޮވޭ ޓީމަކާއި ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.