ޔޫރޯ 2020: (ގުރޫޕް ބީ) ރަޝިއާ – ޑެންމާކް

ޔޫރޯ 2020 ގެ ގްރޫޕް ބީ ގެ ފަހު މެޗުގައި މިރޭ ރަޝިއާ އާއި ޑެންމާކް މިރޭ  ބައްދަލުކުރާނެއެވެ. ޑެންމާކާއި ދެކޮޅަށް ކުޅޭ މި މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ރަޝިއާއަށް އެބައޮތެވެ. ރަޝިއާއިން ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން ބަލިވެފައިވީނަމަވެސް ދެވަނަ މެޗުގައި ފިންލެންޑް އަތުން ވަނީ  މޮޅުވެފައެވެ. މިރޭގެ މެޗަށް ނިކުނަ ޑެންމާކުން މިހާތަނަށް ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.

ގުރޫޕް ބީއަށް ބަލާއިރު، ކުޅުނު ދެމެޗުންވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނާގައި އޮތީ ބެލްޖިއަމްއެވެ. ބެލްޖިއަމްއަށް މިހާރުވަނީ މި ނަތީޖާއާއި އެކު ދެވަނަ ބުރުން ޖާގައެއް ކަށަވަރު ކޮށްފައެވެ. މި ގުރޫޕުގެ ދެވަނައިގައި އޮތް ފިންލެންޑާއި ތިންވަނާގައި އޮތް ރަޝިއާއަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު، ފިންލެންޑަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގުރޫޕުގެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ޑެންމާކެވެ.

އިޝްތިހާރު Below Header ad

ރަޝިއާ އަދި ޑެންމާކްގެ ތާރީޚީ ބައްދަލުކުރުންތައް

ރަޝިއާއާއި ޑެންމާކް މީގެ ކުރިން ވާދަވެރި މެޗެއް ކުޅެފައެއް ނުވެއެވެ. މިރޭގެ މެޗަކީ މި ދެޓީމު ކުޅޭ ފުރަތަމަ ވާދަވެރި މެޗެވެ. މީގެ ކުރިން މި ދެޓީމު ބައްދަލުކޮށްފައިވަނީ އެކުވެރިކަމުގެ މެޗެއް ގައެވެ. 2012 ވަނަ އަހަރު ކުޅުނު މި މެޗުން 0-2 އިން މޮޅުވެފައިވަނީ ރަޝިއާއެވެ.

ރަޝިއާއާއި ޑެންމާކް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 12 ޖަހާއިރުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.