މާލޭ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް ހޮވައިފި

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް ހޮވައިފި އެވެ.

މިއަދު އޮތް ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ހަތަރު ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވީ މައްޗަން ގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު އައި ވާދަ ކޮށްގެންނެވެ.

އިޝްތިހާރު Below Header ad

ނަރީޝްއަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ. ޒަމީރަށް ހަތް ވޯޓު ލިބިވަޑައިގެންނެވި އިރު މި އިންތިހާބުގައި 19 ކައުންސިލަރުން ވޯޓު ދެއްވާފައިވެ އެވެ.

އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ޒަމީރަށް ޕީޕީއެމްގެ ކައުންސިލަރަކު ވޯޓު ދެއްވާފައިވެ އެވެ. އެކަމަކު ޕީޕީއެމުން ވަނީ އެ ޕާޓީގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް ވާދަކުރައްވާ ކައުންސިލަރަށް އެ ޕާޓީގެ އެހެން ކައުންސިލަރުން ވޯޓު ދެއްވަން ޖެހޭ ގޮތަށް ތްރީ ލައިން ވިޕެއް އިއްޔެ ނެރެފައެވެ.

މިއަދު ނަރީޝް އާއި ދެކޮޅަށް ވޯޓު ދެއްވީ ކޮން ބޭފުޅެއް ކަމެއް ނޭނގެއެވެ.

މާލޭ ސިޓީ ކައުންސިލްގައި ޕީޕީއެމްގެ 13 ކައުންސިލަރުން ތިއްބަވަ އެވެ. އެމްޑީޕީގެ ތިންބަވަނީ ހަ ކައުންސިލަރުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.