މޯލްޑިވް ގޭހުގެ އެމްޑީގެ ކޮރަޕްޝަންގެ އަމަލު ސާބިތެއް ނުވި!

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމްގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލަ ސާބިތު ނުވާ ކަމަށް މޯލްޑިވް ގޭހުން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރއާއި މެދު ކުރެވުނު ތުޙުމަތުތައް، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުގީގުކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގަށްފަހު ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ސަބިތުވެފައިނުވާކަން އެ ކުންފުންޏަށް އެންޓި-ކޮރަޕްޝަނުން އަންގާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މޯލްޑިވް ގޭސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ސަސްޕެންޑް ކުރި މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.

މޯލްޑިވް ގޭސްއިން ބުނީ އޭސީސީގެ ނިންމުމާއި ގުޅިގެން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސަސްޕެންޝަން އުވާލައި، އަލުން އަނބުރާ ވަޒީފާ ރުޖޫޢުކޮށްފައިވާ ކަމަށެވެ.

ޝަޒައިލް ސަސްޕެންޑް ކޮށްފައިވަނީ ސަރުކާރުގެ “ޒީރޯ ޓޮލިރެންސް ޓުދަ ކޮރަޕްޝަން”ގެ ސިޔާސަތުގެ ދަށުން ރައީސް އޮފީހުން ޤާއިމްކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާ އޮންލައިން ޕޯޓަލަށް ހުށަހެޅެމުންދާ މައްސަލަތަކާއި ގުޅިގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގަ އެވެ.

އޭނާއާއި ގުޅޭގޮތުން މަޤާމުގެ މަސްއޫލިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތަކާއި، އެހެނިހެން މައްސަލަތައް ވެސް ހުށަހަޅާފައިވާ ކަމަށް ބުނެފައި ވެއެވެ.

ޝަޒައިލް ޝިޔާމް ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމް އަދާކުރައްވާ ފައެވެ. އަދި ކޫއްޑޫ ފިޝަރީޒްގެ ޗެއަރމަންގެ މަޤާމާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމު ވެސް އޭނާ ވަނީ ކުރިން އަދާކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.