މިނިސްޓަރ މާރިޔާ 241 ކޮމެޓީއަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ މަޢުލޫމާތު ދެއްވައިފި އެވެ.

އެކަމަނާ 241 ކޮމެޓީއަށް މަޢުލޫމާތު ދެއްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ނެވެ.

އިޝްތިހާރު Below Header ad

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް ނަޝީދަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބަލިކަށިވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީގައި މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާ ސުވާލުކުރައްވާފައިވާއިރު، ސިފައިންގެ އިސްވެރިން ވެސް އެ ކޮމެޓީއަށް ހާޒިރުކޮށް މިހާތަނަށް 3 ފަހަރެއްގެ މަތިން ވަނީ ސުވާލުކޮށްފަ އެވެ.

މިނިސްޓަރ މާރިޔާއަކީ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް މައުލޫމާތުދެއްވުމަށް 241 ކޮމިޓީއަށް ވަޑައިގެންނެވި ސަރުކާރުގެ 3 ވަނަ ވަޒީރެެވެ. މީގެކުރިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމްވެސް ވަނީ ކޮމިޓީއަށް ވަޑައިގެން މައުލޫމާތުދެއްވާފަ އެވެ.

މީގެ އިތުރުން ގަވަރނަރ އަލީ ހާޝިމްއާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދުވެސް ކޮމިޓީއަށް ޙާޒިރުކޮށްފައި ވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ޙަމަލާއާ ގުޅިގެން ސެކިއުރިޓީ ބަލިކަށިވި ގޮތް ދެނެގަތުމަށް ކުރިއަށްގެންދާ އިންކުއަރީއަށްފަހު މިފަދަ ޙަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަމަށް ބާރުއެޅުމާއި އެފަދައިން މަސައްކަތް ކުރެވޭނެ ގޮތުގެ ލަފާ ކަމާބެހޭ ފަރާތްތަކަށް އަރުވާނެކަމަށް 241 ކޮމިޓީން ވަނީ ހާމަކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.