ޔޫރޯ 2020: (ގުރޫޕް ސީ) ނެދަލެންޑްސް – ނޯތް މެސެޑޯނިއާ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގެ ބުރު މިހާރު ފެށިގެން ކުރިޔަށް ދާއިރު، މިރޭ ކުރިޔަށްދާނީ ގްރޫޕް ގުރޫޕް ސީގެ މެޗުތަކެވެ. އެންމެ ފަހު މެޗުތަކަށް ވުމާއެކު މި މެޗުތައް ކުޅޭނީ އެއް ގަޑިއެއްގައެވެ. އެގޮތުން މިރޭ 9 ޖަހާއިރު، ނެދަލެންޑް އާއި ނޯތް މެސެޑޯނިއާ ބައްދަލުކުރާއިރު، ހަމަ އެގަޑީގައި ޔޫކްރެއިން އާއި އޮސްޓްރިއާ ބައްދަލުކުރާ މެޗު ކުޅޭނެއެވެ.

މުބާރާތުގައި ނެދަލެންޑްސް މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. އެހެން ކަމުން ނެދަލެންޑް ވަނީ މިހާރުވެސް ގަދަ 16 ވަނަ ބުރަށް ދަތުރުކޮށްފައެވެ. މިރޭގެ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ ގުރޫޕުގެ އެއްވަނަ ލިބޭނެއެވެ. ނެދަލެންޑްސްއާއި ދެކޮޅަށް ނިކުންނަ ނޯތް މެސެޑޯނިއާ މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެފައިވާއިރު، މިރޭގެ މެޗުން މޮޅުވިޔަސް އެޓީމަށް ދެވަނަ ބުރުގެ އުންމީދެއް ނެތެވެ.

އިޝްތިހާރު Below Header ad

ނެދަލެންޑްސް އަދި ނޯތް މެސެޑޯނިއާގެ ތާރީޚީ ބައްދަލުކުރުންތައް

ނެދަލެންޑްސް އާއި ނޯތް މެސެޑޯނިއާ މިހާތަނަށް ބައްދަލުކޮށްފައިވަނީ އެންމެ ހަތަރު ފަހަރުއެވެ. އެ ހަތަރުފަހަރުވެސް މޮޅުވެފައިވަނީ ނެދަލެންޑްސްއެވެ.

ދެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ނަތީޖާތައް

ނެދަލެންޑްސް އެންމެ ފަހުން އެޓީމު ކުޅުނު ފަސްމެޗުގެ ތެރެއިން ހަތަރުމެޗުން ވަނީ މޮޅުވެފައެވެ. އެއްމެޗުން ވަނީ އެއްވަރުވެފައެވެ.

ނޯތް މެސެޑޯނިއާއަށް ބަލާއިރު އެޓީމުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުންނެވެ. ދެމެޗުން ބަލިވިއިރު، އެއްމެޗުން ވަނީ އެއްވަރުވެފައެވެ.

ނެދަލެންޑްސް އާއި ނޯތް މެސެޑޯނިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ   9 ޖަހާއިރުގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.